ލުޓޭރުންނަށް ގައުމު ވިއްކާލި 13 ގައްދާރުން

ހަނގުރާމައިގެ ހާލަތަކަށް މުޅި ގައުމު ވެއްޓޭ ވަރަށް ގައުމީ ސަލާމަތަށް ނުރައްކާ ވާވަރުގެ ބޮޑެތި ދޮގު ފާޅުކަން ބޮޑުކޮށް ސަރަހައްދުގެ އެންމެ ބާރުގަދަ ގައުމާ ދެކޮޅަށް މުއިއްޒު ހެދިއެވެ.
ބަޖެޓްނެތި ގާނޫނާއި ހިލާފަށް ރަސްމާލެ ހިއްކަން ފެށިއެވެ. މަޖިލީހުން ރުހުން ނުދިން 3 ވަޒީރަކު ކެބިނެޓްގައި ގާނޫނުއަސާސީ އާއި ހިލާފަށް ގެންގުޅުނެވެ.
ވުޖޫދުގައި ނެތް ޕްރޮޖެކްޓަކަށް އިނާޔަތް ލިބޭގޮތަށް 4 އަހަރު ދުވަހަށް ނޯޕޭ ލީވް ދީގެން ކޮންޓްރެކްޓު އުސޫލުން އަމިއްލަ އަނބިމީހާ ސާޖިދާ ސިވިލް ސާރވިސްގައި ބަހައްޓައިގެން މުއިއްޒު އަމިއްލަ މަންފާ ހޯދަނީއެވެ.
ބުނެވި ދިޔަ ޒާތުގެ އެތައް ކަމެއް ކުރަމުން ދިޔުމުން ހުދުމުހުތާރު މުއިއްޒުގެ ވަކިތަކުން ރާއްޖެ ފަސޭހަ ކަމާއެކު ސަލާމަތް ކުރެވެން ކިތަންމެހާވެސް ރަގަޅަކަށް ކުރިން އޮތެވެ.
ގާނޫނީ ހަމަތަކުގެ ތެރެއިން މުއިއްޒު ރައީސް ކަމުން އަޒަލް ކުރެވެން ވެރިކަމުގެ ހަނީ މޫން ޕީރިއަޑްގައި ކިތަންމެ ރީއްޗަކަށްވެސް މަޖިލީހަށް ކުރިން އޮތެވެ.
ރައީސް ކަމުން މުއިއްޒު އަޒުލު ކުރެވެން އޮވެ ގައުމު މި ހާލަތަށް ވައްޓާލި 13 ގައްދާރުންގެ މަތިން ހަނދާން ހުރި މީހަކު މިހާރު ހަމަ ނެތީހެއްޔެވެ. މުއިއްޒު އަތުން ރިޝްވަތު ނަގައިގެން ގައުމު ހަލާކުގެ ތެރެއަށް ވައްޓާލީ އެ 13 ގައްދާރުންނެވެ. އެ މީހުންނަށް އިތުބާރުކޮށް އެއްވެސް ބަޔަކު ގައުމުގެ ކަމެއް އެއިން މީހަކާ ހަވާލު ކުރަން ހެޔޮ ނުވާނެއެވެ.