ހީރަސް ރެސިޕީ: ހުތްކުޅި ކުކުޅު

ހީރަސް ރެސިޕީ: ހުތްކުޅި ކުކުޅު

ހީރަސް ރެސިޕީ މިއަދު ހާއްސަކޮށްލާނީ ބަތާއި އެކުގައި ކާލަށް މީރު ހުތްކުޅި ކުކުޅަށެވެ. ހުތްކުޅި ކުކުޅު ހެދުމަން ތަކެތި ނަގަން ބުނެދީފައި ވާނީ 4 ނުވަތަ 5 މީހުންނަށް ކެވޭ ވަރަށެވެ.

 ބޭނުންވާތަކެތި‪:

 500 ގްރާމް ކުކުޅު ބްރެސްޓް (ހަންގަނޑު ނުލާ)

 1/4 ޖޯޑު ލުނބޯ ހުތް

 2 މޭޒުމަތީ ސަމްސާ ޑާކް ސޮޔާސޯސް

 4 މޭޒުމަތީ ސަމްސާ ހަކުރު

 3 ތޮޅި މިރުސް

 1 ފިޔާ

 2 ލޮނުމެދު

 1/2 އިންޗީގެ އިނގުރު ކޮޅެއް

 3 ކެޕްސިކަމް

 1 ކެރެޓު

  2 މޭޒުމަތީ ސަމްސާ ތެޔޮ

ހަދާނެގޮތް‪:

  • ކޮށުން
  • ކުކުޅުކޮޅު އާދައިގެ ވަރަކަށް ކުދިކޮށް ކޮށާލާށެވެ‪.
  • ކެރެޓްވެސް ކޮށާށެވެ. ކެރެޓް ކޮށާނީ1/2  އިންޗި ފުޅާމިނުގަ އަދި 1 އިންޗި ދިގުމިނުގައި ހުންނާނެ ގޮތަށެވެ
  • .ކެޕްސިކަމްތައް ފަޅާލައި އޭގެ އޮށްތަށް ނެގުމަށްފަހު ކެރެޓާއި އެއް ސައިޒަކަށް ކޮށާށެވެ
  • ލޮނުމެދާއި އިނގުރު ތުނިކޮށް ކުދިކޮށް ކޮށާށެވެ.
  • ފިޔާކޮޅު ކޮށާނީ ފުޅާމިނުގައި 1/4 އިންޗި ހުންނާނެ ގޮތަށެވެ.
  • މިރުސްކޮޅުވެސް ކޮށާށެވެ‪.
  • ސޯސްގަނޑު ތައްޔާރު ކުރުން
  • ސޯސްގަނޑު ތައްޔާރު ކުރުމަށްޓަކައި ލުނބޯހުތާއި ސޮޔާސޯސް އާއި ހަކުރާއި ކޮށި މިރުސްތައް ރަނގަޅަށް އެއްކޮށްލާނީއެވެ‪.
  • ތެއްޔަކަށް ތެޔޮކޮޅު އެޅުމަށްފަހު އެ ހޫނުވުމުން ފިޔާކޮޅު އެއަށް އަޅައި މަޑުވަންދެން ކައްކާލާނީއެވެ
  • އެއްކުރުމާއި ކެއްކުން
  • އިނގުރާއި ލޮނުމެދު އަޅައި އެއްކޮށްލުމަށްފަހު 30 ވަރަކަށް ސިކުންތު ބަހައްޓާލާފައި ކުކުޅުކޮޅު އަޅާލާނީއެވެ.
  • ކެރެޓާއި ކެޕްސިކަމްކޮޅު އެޅުމަށްފަހު އެތަކެތި ކުޑަކޮށް މަޑުވެލަންދެން ކައްކާލާށެވެ‪.
  • ސޯސްގަނޑު ތެއްޔަށް އަޅާލާފައި ގިނި ތަންކޮޅެއް މަޑުކޮށްލުމަށްފަހު 5 މިނެޓު ކައްކާލާށެވެ‪.