ހީރަސް ސުފުރާ: ހުދުކިރިމި ކުކުޅު
ކުކުޅު މަހުން ތައްޔާރުކުރާ މީރު ކެއުމެއް
ހީރަސް ސުފުރާ ފަޅުފިލުވާ ލުމަށް މިފަހަރު ހިޔާރު މިކުރަނީ ހުދުކިރިމި ކުކުޅެވެ. ކުކުޅުމަހުން ހަދަ ހާއްސަ ލައިގެންކާ އެއްޗެކެވެ.
ބޭނުންވާތަކެތި:
ކުކުޅު ކޮޅު ގްރިލް ކުރަންބޭނުންވާ ތަކެތި:-
- 3/1 ސައިސަމުސާ މުގުރި އަސޭމިރުސް
- 1 ޗިކަން ކިއުބް
- 1 ފަޅި ލުނބޯ
- 2 މޭޒުމަތީ ސަމުސާ ފިޔާ ހިމުން ހިމުންކޮށް ގާނާފައި ހުރި
- 1/2 ކިލޯ ކުކުޅު ބޯންލެސް ކޮށާފައި
- 1 މޭޒުމަތީ ސަމުސާ ގިތެޔޮ މިރުސް ސޯސް
- 4 ލޮނުމެދު ހިމުންކޮށް ކޮށާފައި
- ލޮނުކޮޅެއް
ސޯސް ގަނޑު ހެދުމަށް ބޭނުންވާ ތަކެތި:
- 3 ޖޯޑު ދިޔާ ކިރު
- 60 ގ. ބަޓަރ
- 3 މޭޒުމަތީ ސަމުސާ ފުށް
- 2 ލޮނުމެދު (ހިމުންކޮށް ގާނާފައި ހުރި)
- 1 ޖޯޑު މަޝްރޫމް (ކޮށާފައި ހުރި)
- 1/2 ޖޯޑު ޗީޒް (ގާނާފައި ހުރި)
- ލޮނުކޮޅެއް
- 2 ޖޯޑު ބައި މިލްކް ގޯލްޑް ކްރީމް (މައްޗަށް އެޅުމަށް)
ތައްޔާރުކުރާނެ ގޮތް:
- ކުކުޅުކޮޅު ތެއްޔަކަށް އަޅާފައި ކުކުޅުކޮޅު މަޑުކުރަން ބޭނުންވާ ސާމާނުތައް އެއްކޮށްލުމަށްފަހު ކުކުޅު މަސްތަކުގައި ހާކާފައި 15 މިނިޓް ބަހައްޓާށެވެ.
- ދެން ތަވާ ގައި ބަޓަރުކޮޅެއް ހާކާފައި ކުކުޅު ކޮޅުތައް އަތުރާފައި ފިހެލާށެވެ. ނުވަތަ ގްރިލަރ އެއްގައި ގްރިލްކޮށްލާށެވެ.
ސޯސް ހެދުމަށް:
- ތަވާ އުނދުން މައްޗަށް އުދާލާށެވެ.
- ހޫނުވީމާ ބަޓަރކޮޅު އަޅާށެވެ.
- ދިޔާވަންދެން ދޭފަތުން ހަލަމުންދާށެވެ.
ސޯސްގަނޑު ހެދުމަށް ފަހު:
- މަޝްރޫމް ކޮޅު ބަޓަރުކޮޅުގައި ހަނާކޮށްލާށެވެ.
- ލޮނުކޮޅު ވެސް އެއްކޮށްލާށެވެ.
- ފުށްކޮޅު ކިރުފޮދު ފައި ގިރާފައި އެއްކޮށްލާށެވެ.
- ޗީޒް ކޮޅު ވެސް އެއްކޮށް އަޅާލާށެވެ.
- 5 މިނިޓް ވަރު ދޭފަތުން ހަލަމުން މަޑު ގިނީގައި ސޯސްކޮޅު ކައްކާލާށެވެ.
- ސޯސްގަނޑުގެ ތެރެއަށް ކުކުޅު ކޮޅު ލާފައި 1 މިނިޓް ވަރު މަޑުގިނީގައި ކައްކާފައި ކްރީމް އެއްކޮށްލާށެވެ.
- ބަހައްޓާނީ ކްރީމީ ކޮންނެވެ.