ހީރަސް ސުފުރާ: ބްލޫބެރީ މޮހީޓޯ

ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެއް

ހީރަސް ސުފުރާ: ބްލޫބެރީ މޮހީޓޯ

ހީރަސް ސުފުރާ ފަޅުފިލުވާލުމަށް ތައްޔާރުކޮށްލަން މިއުޅެނީ ބްލޫބެރީ މޮހީޓޯ ތައްޓެކެވެ. ބްލޫބެރީ މޮހީޓޯއަކީ ރޯދަވީއްލާ ގަޑިއަށް ވަރަށް ކަމުދާނެ، ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެކެވެ.

ބޭނުންވާ ތަކެތި:

(ބްލޫބެރީ މޮހީޓޯ ތައްޓެއް ތައްޔާރު ކުރުމަށް) 

  • 3 މިންޓްފަތް
  • 1/2 އައުންސް ބްލޫބެރީ ސިރަޕް
  • 2 އައުންސް ސްޕްރައިޓް
  • 3/4 ލުނބޯ ޖޫސް

ގާނިޝް ކުރުމަށް:

  • މިންޓް ފަތްކޮޅެއް
  • އައިސްކިއުބް
  • ލުނބޯ ފޮތި ތުނިކޮށް ފޮތިކޮށްފައި

ތައްޔާރުކުރާނެގޮތް:

  • މިންޓްފަތާއި ސިރަޕާއި ޝޭކަރއަށް އަޅާފައި ހަލުވާލާށެވެ.
  • އެއްކުރި މިންޓްފަތާއި ސިރަޕްގެ ތެރެއަށް ލުނބޯ ޖޫސް އަދި އައިސް ކިއުބް އަޅާފައި އިތުރަށް ހަލުވާލާށެވެ.
  • ތަށްޓެއް ނަގާފައި ތަށްޓަށް ތައްޔާރު ކުރި ބްލޫބެރީ މޮހީޓޯ އަޅާފައި އޭގެ ތެރެއަށް އައިސްކިއުބާއި ލުނބޯ ފޮތިތަކާއި މިންޓް ފަތް އަޅާފައި މައްޗަށް ސްޕްރައިޓް ފޮދު އަޅާލާށެވެ.

ބްލޫބެރީ މޮހީޓޯ ތައްޓެއް އެހުރީ ތައްޔާރުވެފައެވެ.