ހީރަސް ސުފުރާ: ކަށިކެޔޮ މިލްކްޝޭކް
ކަށިކޭލުގެ މީރު ބާވަތެއް
ހީރަސް ސުފުރާ ފަޅުފިލުވާލަން މިއުޅެނީ ކަށިކޭލުގެ ބާވަތަކުންނެވެ. މިފަހަރު ތައްޔާރުކޮށްލަން މިއުޅެނީ ކަށިކެޔޮ މިލްކް ޝޭކެވެ. އަޅެ ރަހަދެކެލަ ބަލާށެވެ.
ބޭނުންވާނެ ތަކެތި:
- 2 ޖޯޑުގެ ކަށިކެޔޮ (ތުނިކޮށް ކޮށާފައި)
- ހަކުރު
- 1/2 ޖޯޑުގެ ދިޔާކިރު
- އައިސްކިއުބް
- ވެނީލާ އައިސްކްރީމް
ތައްޔާރުކުރާނެ ގޮތް:
- ކަށިކެޔޮ ވައް ލިޔެލާށެވެ.
- ފެންފޮދަކާއި ލިޔެފައިވާ ކަށިކެޔޮ ކޯލުތައް މިކްސަރަކަށް އަޅައި ރަނގަޅަށް ގިރާލާށެވެ.
- އެއަށްފަހު ފުރޭނިއަކުން ފުރާނާ ލުމަށްފަހު ފުރޭނީގައި ހަރުލާފައިހުރި ބައި އުކާލާށެވެ.
- ފުރާނާފައިހުރި ކަށިކެޔޮ ފަންޏާއި ހަކުރައި އައިސްކިއުބާއި ކިރާއި އައިސްކްރީމް މިކްސަރަށް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ.