ހީރަސް ސުފުރާ: ބަރަބޯ ބީފާނު

މީރު ސައިޑް ޑިސްއެއް

ހީރަސް ސުފުރާ: ބަރަބޯ ބީފާނު

ހީރަސް ސުފުރާގައި މިފަހަރު ތައްޔާރު މިކޮށްލަނި ބަރަބޯ ބީފާނެވެ. ސައިޑް ޑިސްއަކަށް މިވަރު އެއްޗެއް މަދުވާނެއެވެ.

ބޭނުންވާ ތަކެތި:

2 ބަޓާނާ މެދުސަިޒްގެ ދޮވެ ގާނާފައި ހުރި

2 ދަޅު ބައި ގެރިކިރު

1 ޖޯޑު ވަރަށް ހިމުންކޮށްފުނޑާލާފައި ހުރި ހަނޑޫ

1 ޖޯޑު ހިމުންކޮށް ފުނޑާފައި ހުރި ގަބުޅި ހުނި

4 ޖޯޑު ފެން

1 ޖޯޑު ހުންނަހާ ކަނަމަދު ބޭރުމަށާ ފަޅި ފަޅުކޮށްފައި ހުރި

1 މޭޭޒުމަތީ ސަމުސާ ފިނިފެން

1 ޖޯޑު މާފެން

ތައްޔާރު ކުރާނެ ގޮތް:

ތެއްޔަކަށް ފެން ފޮދެއްގައި އަޅާފައި އުނދުން މައްޗަށް އުދާލާށެވެ. ފެން ކެކިގަތުމުން ބަރަބޯކޮޅު އަޅާލާށެވެ. (ފެން އަޅާނީ ބަރަބޯކޮޅު ކިރިޔާ މަޑުވާ ވަރަށް ) ޗަސްނުވާ ވަރަށް ބަރަބޯކޮޅު މަޑު ކޮށްފައި ފެން ފޮދެއް ހުރިއްޔާ ފުރާނާލާށެވެ. ފެނުގައި ހަނޑޫ ފުށް ގިރާފައި ގަބުޅި ހުންޏާއި، ކަނަމަދު އެއްކޮށް ފައި ކައްކަން އުދާލާށެވެ. މާފެން ވެސް އެއްކޮށްލާށެވެ. ރޯފިލުމުން ގެރިކިރާއި، ފިނިފެން އެއްކޮށްފައި އުނދުން މަތިން ބާލާށެވެ. ފިނިކޮށްގެންވެސް ވަރަށް މީރުވާނެއެވެ.