ހީރަސް ސުފުރާ: އަންނާރުފަނި

އަންނާރުފަންޏަކީ މީރު ހަށިހެޔޮކޮށްދޭ ޖޫހެއް

ހީރަސް ސުފުރާ: އަންނާރުފަނި

ހީރަސް ސުފުރާއަށް މިފަހަރު ގެނެސް ދޭނީ އަންނާރު ފަންޏެވެ. ރޯދަ ވީއްލާ ސުފުރާ މައްޗަށް ފިސާރި ކަމުދާ މީރު ފައިދާހުރި ބުއިމެއް ކަމުގައި އަންނާރުފަނީ ވާނެއެވެ.

ބޭނުންވާތަކެތި:

1 ޖޯޑު އަންނާރުއޮށް

2 މޭޒުމަތީސަމުސާ ހަކުރު

¼ މޭޒުމަތީސަމުސާ ލޮނު

1 ޖޯޑު ފެން

އައިސްކިއުބް

މިންޓް ލީފް

ލުނބޯ

ތައްޔާރުކުރާނެ ގޮތް

އަންނާރާއި ފެނާއި ހަކުރާއި ލޮނު އެއްކޮށްލާށެވެ. ރަނގަޅަށް އެއްކޮށްލުމަށް ފަހު ހިމުންކޮށްލާށެވެ. އޭގެފަހުން ފުރާނާލާށެވެ. 

ބިއްލޫރި ތައްޓަކަށް ދެތިން މިންޓް ލީފާއި ލުނބޯފޮއްޗަކާއި އައިސްކިއުބް އެޅުމަށް ފަހު ތައްޔާރުކުރި އަންނާރު ޖޫސް ފޮދު އެތަށީގެ ތެރެއަށް އަޅާލާށެވެ. މިހާރު އެހުރީ އަންނާރުފަނި އެންމެ ރަނގަޅަށް ގިރިފައެވެ.

ރޯދަ ވީއްލުމުގެ ސުފުރާ މައްޗަށް ނެރުމަށް ވަކިން ފައިދާބޮޑު ވަކިން މީރު ފަންޏެއް ހަމަ މަދުވާނެއެވެ.