ސައުދީ ޕްރޯ ލީގު މިހާރު ރަނގަޅު :ރޮނާލްޑޯ

ސައުދީ ޕްރޯ ލީގު މިހާރު ރަނގަޅު :ރޮނާލްޑޯ

ޕޯޗުގަލްގެ ޕަބްލިކޭޝަން އަބޯލާއަށް ހޯމަ ދުވަހު ދިން އިންޓަވިއުއެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މޭޖާ ލީގު ސޮކާއަށް ވުރެ ސައުދީ ޕްރޯ ލީގު މޮޅު ކަމަށް އިއުލާންކޮށްފައެވެ.

މިގޮތަށް އިއުލާންކޮށްފައި ވަނީ ރޮނާލްޑޯގެ އެންމެ ވާދަވެރި ލިއޮނަލް މެސީ އެމްއެލްއެސްގައި ޑޭވިޑް ބެކަމް އިސްވެ ހުންނަ ކްލަބް އިންޓަ މަޔާމީއަށް ބަދަލުވިތާ ދުވަސްކޮޅެއް ފަހުންނެވެ.މި

ދިޔަ އަހަރުގެ ފަހުކޮޅު އަލް ނަސްރާ ގުޅުނު ޕޯޗުގަލްގެ ސުޕަސްޓާ ބުނެފައިވަނީ ޔޫރަޕްގެ ކްލަބަކަށް އަލުން ކުޅުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"އަހަރެން ޔޫރަޕްގެ ފުޓްބޯޅައަށް އެނބުރި ނުދާނަން، އެކަން ހަނދާނުންވެސް ނައްތާލެވޭނެ — އަހަރެން އެނބުރި އައުމަށް ދޮރު ވަނީ މުޅިން ބަންދުވެފަ"

މިހެން ބުނީ ލިސްބަންގައި ކުޅުނު ޕްރީ ސީޒަން އެކުވެރިކަމުގެ މެޗެއްގައި ލަލީގާގެ ސެލްޓަ ވީގޯ އަތުން 5-0 އިން އަލް ނަސްރު ބަލިވުމުންނެވެ.

ރޮނާލްޑޯ އިތުރަށް ބުނެފައިވަނީ އޭނާގެ އުމުރުން 38 އަހަރު ކަމަށާއި އަދި ހަމައެހެންމެ ޔޫރަޕުން ވަރަށް ބޮޑަށް ކޮލިޓީ ގެއްލިއްޖެ ކަމަށެވެ. އެންމެ މޮޅު އެއް ލީގަކީ ޕްރިމިއާ ލީގު ކަމަށާއި އޭނާގެ ނަޒަރުން ބަލާއިރު މިއީ އެހެން ހުރިހާ ލީގުތަކަށް ވުރެ މާ ކުރިއަރާފައިވާ ލީގެއްކަމަށެވެ.

އަދި ސްޕެނިޝް ލީގުގެ ފެންވަރު ގެއްލުނީ ކަމަށާއި ޕޯޗުގަލް އަކީ ލީގުގެ އެއްވަނައެއް ނޫން ކަމަށާއި ޖަރުމަނު ކުޅުންތެރިން ވެސް ވަރަށް ގިނަ ކޮލިޓީސް ގެއްލިއްޖެ ކަމަށެވެ. 

ޔޫއެސްއޭ؟ ނޫން، ސައުދީ ޗެމްޕިއަންޝިޕް ޔޫއެސްއޭއަށްވުރެ މާ ރަނގަޅު ކަމަށެވެ.

އަދި އެއް އަހަރު ތެރޭގައި ގިނަ ޓޮޕް ކުޅުންތެރިން ސައުދީއަށް އަންނާނެ ކަމަށް ވެސް އޭނާ އިތުރަށް ބުންޏެވެ. "އަހަރެއް ފަހުން ސައުދީ ލީގު ތުރުކީ ލީގާއި ޑަޗް ލީގު ފަހަތަށް ޖައްސާލާނެ."