ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕަށް ޤުރުއާނުގެ ކޮޕީތަކެއް

ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕަށް ޤުރުއާނުގެ ކޮޕީތަކެއް

ޖިއްދާގެ އިސްލާމީ ބަނދަރު މެދުވެރިކޮށްގެން ފުރައިގެން ދިޔަ ހައްޖުވެރިންގެ ތެރެއިން އެންމެ ފަހުން ދިޔަ ގްރޫޕަށް ހަދިޔާގެ ގޮތުގައި ކީރިތި ޤުރުއާނުގެ ކޮޕީތަކެއް ލިބިފައިވާ ކަމަށް ސައުދީ ޕްރެސް އެޖެންސީން ބުނެފިއެވެ.

ސޫދާނުގެ 2،000 ހައްޖުވެރިންގެ ގްރޫޕަކީ ސައުދީ އަރަބިއްޔާއިން ބަނދަރު މެދުވެރިކޮށް ފުރައިގެން ދިޔަ 6،855 ހައްޖުވެރިންގެ ތެރެއިން އެންމެ ފަހު މީހުންނެވެ. 

އިންޓަވިއު ކުރި މީހުން ކިންގްޑަމްގައި ހޭދަކުރި  ދުވަސްވަރު އެމީހުންނަށް ފޯރުކޮށްދިން ހިދުމަތްތަކަށް ތައުރީފު ކުރި ކަމަށް އެސްޕީއޭ އިން އިތުރަށް ބުނެފައިވެއެވެ.