އަލްޖަޒީރާ އިޒްރޭލު ގޮވައިގެން ދުނިޔޭގެ ކޯޓަށް

އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީނު މަރާލި މައްސަލަ

އަލްޖަޒީރާ އިޒްރޭލު ގޮވައިގެން ދުނިޔޭގެ ކޯޓަށް

އަލްޖަޒީރާ މީޑިއާ ނެޓްވޯކުގެ ފަރާތުން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަޚްލެއް މަރާލި މައްސަލަ ތަހުގީގުކޮށް ދިނުމަށާއި މައްސަލަ ބެލުމަށް ރަސްމީކޮށް ހުށައަޅައިފިއެވެ. އިޒްރޭލާ ދެކޮޅަށް އަލްޖަޒީރާއިން މައްސަލައެއް މީގެކުރިން ރަސްމީކޮށް ހުށައަޅާފައެއް ނެތެވެ.

ޝީރީންއަކީ 25 އަހަރަށް ވުރެ ގިނަ ދުވަހު އަލްޖަޒީރާގެ ރިޕޯޓރެއްގެ ގޮތުގައި އުޅެފައިވާ މީހެކެވެ. ޝީރީންއަކީ ފަލަސްތީނަށް ނިސްބަތްވާ އެމެރިކާގެ ރައްޔިތެކެވެ. ފަލަސްތީނާއި އިޒްރޭލުގައި ވެސް ވަރަށް ބޮޑަށް މަޝްހޫރު އަދި އެންމެން ވެސް ދަންނަ ނަން ހިގާ ރިޕޯޓަރެކެވެ. 

ޝީރީނު މަރާލީ އުތުރު ވެސްޓް ބޭންކުގެ ޖެނިން ރިފިއުޖީ ކޭމްޕްއާއި ދެކޮށް ފެށި އަސްކަރީ ހަރަކާތެއް ކަވަރު ކުރަމުން ދަނިކޮން އިޒްރޭލު ސިފައިންގެ ބަޑިން ހަމަލާ ދީގެންނެވެ. ޝީރީނު މަރާލީ މި އަހަރުގެ މޭމަހުގެ 11 ވަނަ ދުވަހު އިޒްރޭލުން ހިފާފައިވާ ވެސްޓް ބޭންކްގައެވެ.

އައި.ސީ.ސީ އަށް ހުށައެޅި ލިޔުމުގައި އަލްޖަޒީރާގެ ނޫސްވެރިންނާ ކުރިމަތިލާން ޖެހުނު ހަމަލާ ތަކުގެ ތަފްސީލްތައް ހިމަނާފައިވެއެވެ. 15 މޭ 2021 ގައި އަލްޖަޒީރާގެ ގާޒާ އޮފީހަށް ދިން ބޮމުގެ ހަމަލާގެ ތަފްސީލުތައް ވެސް ހިމަނާފައިވާނެ ކަމަށް އަލް ޖަޒީރާގެ ލޯޔަރު ރޮޑްނޭ ޑިކްޝަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި " މީ ހަމައެކަނި އެއްމެ ހާދިސާއެއް ނޫން. މީ ރޭވިގެން ވަކި ޕެޓާންނަކަށް ހިންގާ ގަތުލު އާންމެއް. މި ކަން ތަހުގީގުކޮށް މި މަރާއި ގުޅިގެން ކުއްވެރިވާ އެންމެން ހޯދާ ފުރިހަމަ އަދަބެއް ދެވެން ޖެހޭނެ" އެވެ. ރޮޑްނޭ އިތުރަށް ވިދާޅުވި ގޮތުގައި "އިޒްރޭލުގެ ސަރުކާރުން މި މަރާއި ގުޅޭ ހުރިހާ ހެކި ނައްތާލުމަށާއި މިތަހުގީގު ހުއްޓުވަން ވަރަށް މަސައްކަތްކުރި" އެވެ. " ހަ މަސްދުވަހު މެދު ކެޑުމެއްނެތި އަޅުގަނޑުމެންގެ(އަލްޖަޒީރާގެ) އިންވެސްޓިގޭޓަރުން މަސައްކަތް ކުރި. އަލްޖަޒީރާއިން އައިވިޓްނަސް ހޯދާ އިންޓަވިއު ކޮއްފަ ހުންނާނެ. ވީޑިއޯ ފުޓޭޖާއި ޑޮކިއުމެންޓްސް އެވިޑެންސާ އައު ހެކި ޝީރީން މަރާގުޅިގެން ލިބިފަވޭ. ހުރިހާ މެޓީރިއަލެއްވެސް ކޯޓު ފައިލް ކޮއްފަ ހުންނާނެ" ރޮޑްނޭ ވިދާޅުވިއެވެ.

ޝީރީންގެ އާއިލާގެ ފަރާތުންވެސް މި ދިޔަ ސެޕްޓެމްބަރ މަހު ވަނީ މި މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދިފައެވެ.