މުޅި ގައުމުގައި އޯޕީޑީގެ ހިދުމަތްތައް ބަންދުކޮށްލަނީ

ޖިންސީގޯނާގައި މަރާލި އަންހެން ޑޮކްޓަރގެ މަރުގެތަހުގީގުގައި ސީބީއައި

މުޅި ގައުމުގައި އޯޕީޑީގެ ހިދުމަތްތައް ބަންދުކޮށްލަނީ

ޕޯސްޓް ގްރެޖުއޭޓް ޓްރެއިނީ (ޕީޖީޓީ) އަންހެން ޑޮކްޓަރަކަށް ޖިންސީ ގޯނާކޮށް މަރާލި މައްސަލައެއް ސީބީއައި އިން ތަހުގީގު ކުރަން ކަލްކަތާ ހައިކޯޓަކުން އަމުރުކޮށްފިއެވެ. ސީބީއައި އިން މައްސަލަ ތަހުގީގު ކުރަން ކޯޓުން އަމުރުކުރީ މިހިނގާ އޮގަސްޓް މަހުގެ 9 ގައެވެ. މައްސަލައާއި ބެހޭ ހުރިހާ ލިޔެކިޔުންތަކެއް ވަގުތުން ސީބީއައިއާ ހަވާލުކުރުމަށް ކަލްކަތާ ޕޮލިހަށް ކޯޓުން ވަނީ އަމުރުކޮއްފައެވެ.

އަންހެން ޑޮކްޓަރަކަށް ޖިންސީ ގޯޯނާކޮށް މަރާލުމާ ދެކޮޅުހެދުމުގެ ގޮތުން އަންގާރަ ދުވަހުން ފެށިގެން މުޅި ގައުމުގައި އޯޕީޑީގެ ހިދުމަތްތައް ބަންދުކުރުމަށް ފެޑެރޭޝަން އޮފް އޯލް އިންޑިއާ މެޑިކަލް އެސޯސިއޭޝަން (ފައިމާ) ވަނީ ގޮވާލާފައެވެ.

ރައްކާތެރި މަސައްކަތުގެ މާހައުލެއް ކަށަވަރުކުރާ ސިޔާސަތެއް އެކުލަވާލުމަށް ހުރިހާ މެޑިކަލް ކޮލެޖު ތަކަށާއި މުއައްސަސާތަކަށް ނޭޝަނަލް މެޑިކަލް ކޮމިޝަން (އެންއެމްސީ) އިން ވަނީ އެޑްވައިޒަރީއެއް ނެރެފައެވެ. އެޑްވައިޒަރީ ނެރުނީ ޔޫނިއަން ހެލްތު މިނިސްޓަރުގެ އިރުޝާދުގެ ދަށުންނެވެ. 

އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ)ގެ ވަފުދަކާ ޔޫނިއަން ހެލްތު މިނިސްޓަރު ވަނީ އަންގާރަ ދުވަހު ބައްދަލުވެސް ކުރައްވާފައެވެ. އެ ޖަރީމާ ހިންގުމަށް މެދުވެރިވި ހާލަތާއި ޑޮކްޓަރުންގެ ރައްކާތެރިކަމާއި އަންހެނުންނަށް މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަން އިތުރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ހާއްސަ އިސްކަމެއްދީގެން ފުރިހަމައަށް ތަހުގީގު ކުރުމަށް މިނިސްޓަރު އަރިހުން އައިއެމްއޭ އެދިފައިވެއެވެ.

ޕޯސްޓް ގްރެޖުއޭޓް ޓްރެއިނިން ޑޮކްޓަރަށް ޖިންސީ ގޯނާކޮށް މަރާލާފައި އޮއްވާ ފެނުނީ ކަލްކަތާގެ އާރްޖީކާރ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލުގެ ސެމިނާ ހޯލުން އޮގަސްޓް މަހުގެ 09 ވަނަ ދުވަހުއެވެ.