އަންވަރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޗައިނާގެ ޕްރިޖެކްޓްތައް

އަންވަރު އިބްރާހިމްގެ ފުރަތަމަ ވައުދަކީ ޕްރައިމިނިސްޓަރުކަމުގެ މުސާރަ ނުނެންގެވުން

އަންވަރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޗައިނާގެ ޕްރިޖެކްޓްތައް

މެލޭޝިޔާގެ އިސްލާހީ ލީޑަރުކަމަށް މަޝްހޫރުވެފައިވާ ކުރީގެ ޑިޕިއުޓީ ޕްރައިމިނިސްޓަރ އަންވަރު އިބްރާހިމަށް މެލޭޝިޔާގެ ޕްރައިމިނިސްޓަރުކަން 24 އަހަރަށް ފަހު އަނެއްކާ ލިބިއްޖެއެވެ. މެލޭޝިޔާގައި ވޭތުވެދިޔަ ހަފްތާގައި ބޭއްވުނު ޕާލަމެންޓްރީ އިންތިޚާބުގައި އަންވަރު އިބްރާހިމްގެ ޕާޓީ "ޕަކަޓަން ހަރަޕަން" ކޯލިޝަނުން 82 ގޮޑި ކާމިޔާބުކުރިއެވެ. ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސިންޕަލް މެޖޯރިޓީ 112 ގޮޑި  އެއްވެސް ޕާޓީ އަކަށް ނެގޭވަރެއް ނުވިއެވެ. ޕެރިކަން ނެޝަނަލިސްޓް ޕާޓީގެ ލީޑަރު ކުރީގެ ޕްރައި މިނިސްޓަރ މުހުއްޔަށްދީން ޔާސިންގެ ޕާޓީ އަށް ލިބިވަޑައިގަތީ 73 ގޮޑިއެވެ.

މެލޭޝިޔާގައި ބޭއްވުނު އިންތިހާބުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް ހެދޭވަރަށް ގޮޑި ނުލިބޭތީ މެލޭޝިޔާގެ ރަސްގެފާނު ދެޕާޓީގެ ލީޑަރުންނާއި ވަކިވަކިން ބައްދަލުކުރައްވައި ގެންވެސް ގޮތެއް ނުނިމުމުން ސީދާ ރަސްގެފާނު ނިންމެވުމަކާއި އެކު ގުޅިފާވާ އަންވަރުގެ ކޯލިޝަންއަށް ސަރުކާރެއް އެކުލަވާލުމަށް ފުރުސަތުލިބިގެން ދިޔައެވެ.

ގުޅިފާވާ ކޯލިޝަނުން ނިންމީ ޕްރައިމިނިސްޓަރުގެ މަގާމަށް އަންވަރު އިބްރާހިމްއަށް ފުރުސަތު ދިނުމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު ޕްރައިމިނިސްޓަރު ކަމުގެ ހުވާ އަންވަރު އިބްރާހިމް ކުރެއްވީ މެލޭޝިޔާގެ ރަސްގެފާނު ސުލްތާން އަބްދުﷲ ސުލްތާން އަހުމަދު ޝާހު އޮފް ޕަހަންގ ގެ ކުރިފުޅުމަތީގައެވެ.

މެލޭޝިޔާގެ ބޮޑުވަޒީރަކަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ މެލޭޝިޔާގެ ކުރީގެ ސަރުކާރުތަކުން ފަށާފާވާ ޗައިނާގެ މެގަ ޕްރޮޖެކްޓްތަކަށް ހަދާނެ ގޮތެކެވެ. ޗައިނާގެ ގިނަ ޕްރޮޖެކްޓްތަކީ މެލޭޝިޔާއަށް ވަރަށް ބުރަބޮޑު ދަރަނި ބޮޑު އަދި އެހާމެ ފައިދާ ކުޑަ ޕްރޮޖެކްޓަކެއް ކަމަށް އަންނަނީ ބުނަމުންނެވެ.

ގިނަ އަދަދެއްގެ ރައްޔިތުން އެދެނީ ޗައިނާގެ ޕްރޮޖެކްޓްތައް ހުއްޓުވާ ބޭރުކޮއްލު މަށެވެ. މެލޭޝިޔާގެ ކުރީ ސަރުކާރުގެ ވެރިން ރިޝްވަތުގެ ގޮތުގައި ޗައިނާގެ ކުންފުނިތަކުން ބިލިއަނުން ޑޮލަރު ނަގާފަ ހުރުމުން ޗައިނާގެ މެގަ ޕްރޮޖެކްޓްތައް ހުއްޓުވުމަކީ ވަރަށް ބޮޑުކަމެއް ކަމަށް ވެގެން ދާނެއެވެ.

އަންވަރު އިބްރާހިމްގެ ފުރަތަމަ ވައުދަކީ ޕްރައިމިނިސްޓަރުކަމުގެ މުސާރަ ނުނެންގެވުމެވެ. އެއީ މެލޭޝިޔާގެ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ ދިރިއުޅުމުގެ ހަރަދު ބޮޑުވުމާއި އިންފުލޭޝަންގެ ސަބަބުން ދެރަ ނިކަމެތިންނަށް ވާ ދަތީގައި ބައިވެރި ވުމަށެވެ. އަންވަރު އިބްރާހިމް ގެ ސަރުކާރެއްގައި މަލްޓި ކަލްޗަރ އިސްކުރާނެ ކަމަށާއި މީހާ ނިސްބަތްވާ ކަލްޗަރަލް ތަފާތަކުން ތަފާތު ނުކުރާނެ ކަމަށެވެ.

މެލޭޝިޔާގައި މެލޭ ދަރިކޮޅަކީ އެހެން ދަރިކޮޅުތަކަށް ވުރެ ހާއްސަ ބަޔަކަށް ވާންޖެހޭނެކަމަށް ދެކޭ ބަޔަކުވެސް ދިރިއުޅެއެވެ. ޗައިނީސް ދަރިކޮޅާ އިންޑިޔާ ދަރިކޮޅަކީ މައިނޯރިޓީ މީހުން ކަމަށް ވިޔަސް މެލޭޝިޔާގެ އާބާދީއަށް މިދެދަރިކޮޅުން ނިސްބަތުން އިތުރުވަމުން ދާ މިންވަރު މައްޗައް ދާކަމަށް ބޯހިމެނުން ތަކުގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.

ޕްރައި މިނިސްޓަރ އަންވަރުގެ ކެބިނެޓްގައި ޗައިނީސް ދަރިކޮޅާއި އިންޑިޔާ ދަރިކޮޅުގެ މީހުން ހިމެނޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ސިޔާސީ ގޮތުން އެއްވެސް މީހަކު ހިފާ ހައްޔަރު ނުކުރާނެކަމަށް ދަނީ ވައުދު ވަމުންނެވެ. ޕްރައިމިނިސްޓަރ އަންވަރަކީ ސިޔާސީ ހުކުން ތަކެއްގާ ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހުންނަވަން ޖެހިވަޑައިގަތް ލީޑަރެކެވެ.