އެސްޓީއޯ ޕްރޮޖެކްޓަރުން ވޯލްޑްކަޕް ފޯރި
އެސްޓީއޯގެ ކަސްޓަމަރުންނަށް އުފާލާ ހިތްހަމަޖެހުން ހުރިހާ ދާއިރާއެއްގައި ވެސް ހޯދާ ދިނުމަކީ އެސްޓީއޯ ވަރަށް އިސްކަންދޭ ކަމެކެވެ. ބުރަ މަސައްކަތުގައި އަވަދި ނެތި އުޅޭ ހީވާގި ކަސްޓަމަރުންގެ ހިތުގެ ހަމަޖެހުމަކީ އެސްޓީއޯގެ ހަމަޖެހުމެވެ. އެސްޓީއޯއަށް ލިބޭ އެންމެ ބޮޑު ކާމިޔާބީއެވެ. މި ދުވަސްވަރަކީ ވޯލްޑްކަޕް ފީވަރ ގެ މޫސުމެވެ. ކިތަންމެ އަވަދިނެތި އުޅުނަސް ވޯލްޑް ކަޕްގެ މެޗެއް ދޫކޮށްލުމަކީ އެއްވެސް ކަސްޓަމަރަކަށް ހިތް ހަމަ ޖެހުން ލިބޭނެ ކަމެއް ނޫންކަން އެސްޓީއޯ ރަނގަޅަށް ދަނެއެވެ. އަމްދުންް ބޮޑު އިސްކްރީނުގައި ވޯލްޑްކަޕް މެޗެއް ބަލައިލުމުން ކަސްޓަމަރަށް އެ ލިބިގެންދާ އުފަލާއި ހިތް ހަމަޖެހުން އެސްޓީއޯއިން ވަޒަން ކުރެވެއެވެ.
މުއައްޒަފުންނާއި ކަސްޓަމަރުންގެ މަސައްކަތުގެ ރޭޓް މަތިކޮށް އުފެއްދުންތެރި މުޖުތަމައެއް ބިނާ ކުރެވޭނީ އުޅޭ މާހައުލަކީ ހިތްހަމަ ޖެހޭ އުފާވެރި މާހައުލެއް ކަމުގައި ވެގެންކަން އެސްޓީއޯ ނިކަން ރަނގަޅަށް ދަނެއެވެ. އެހެން ކަމުން ހިނގަމުންދާ ވޯލްޑް ކަޕްގެ ފޯރި އިތުރުކޮށް ރޫހު އުފެއްދުމުގައި އެސްޓީއޯގެ ބައިވެރިވުން ވަރަށް ބޮޑެވެ.
ފީފާ ވޯލްޑްކަޕް ގަތަރު 2020 އަކީ ރާއްޖޭގައި ފުޓްބޯޅައިގެ ޖޯޝް ހުރި ގިނަ ބަޔަކު ހިތް ހަމަޖެހިލައިގެން ތިބެ ބަލާލެވޭނެ މުބާރާތަކަށް ހެދުމަށް އެސްޓީއޯއިން ވަރަށް ބޮޑު އިސްކަމެއް ދެއެވެ. ވޯލްޑްކަޕް މެޗްތައް ބޮޑު އިސްކްރީނުން ބަލާލުމަށް އެސްޓީއޯ އިން ދެމުން ގެންދަނީ އާދަޔާ ހިލާފު ބޮޑު އެހީތެރި ކަމެވެ. ކަލަބް ތަކާއި ޖަމްއިއްޔާތަކާއި ކައުންސިލްތައް މެދުވެރިކޮށް ގިނަ ބަޔަކު އެއް ތަނަކަށް އެއްވެލައިގެން ތިބެ ވޯލްޑްކަޕް ބަލާލުމަށް އެސްޓީއޯއިން ޕްރޮޖެކްޓަރ ފޯރުކޮށް ދިނުމަކީ ވޯލްޑްކަޕްގެ ފޯރި އެތައް ގުނައަކަށް އިތުރު ވެގެންދާ ކަމެކެވެ.
ހީވާގި ކަސްޓަމަރުން އަވަތިނެތި އުޅޭ އުޅުމުގައި ވޯލްޑްކަޕްގެ މެޗްތައް ހިތްހަމަ ޖެހިގެން ބަލައިލުމަށް ޕްރޮޖެކްޓަރ ވަރަށް މުހިންމެވެ. ހުރިހާ ވަގުތެއްގައި ވެސް މުއައްޒަފުންނާއި ކަސްޓަމަރުންނަށް އުފާވެރި ވަގުތު ކޮޅެއް ހޯދާ ދިނުމަށް ތަފާތެއް ނުކޮށް އެސްޓީއޯއިން ސަމާލުކަންދޭ މިންވަރު ވަރަށް ރަނގަޅަށް މިކަންކަމުން ވަޒަން ކުރެވެއެވެ.