ހެޔޮވެރިކަން: ހދ.ފިނޭ ބަދަރު ތަރައްގީކުރަން ހަވާލުކުރުން

މަޝްރޫއުގެ ޖުމްލަ އަގަކީ 47،268،512.87 ރުފިޔާ

ހެޔޮވެރިކަން: ހދ.ފިނޭ ބަދަރު ތަރައްގީކުރަން ހަވާލުކުރުން

ހދ. ފިނޭ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި މިއަދު ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފަރޫގާއި އެމްޓީސީސީގެ ޗީފް އެކްޒެކެޓިވް އޮފިސަރު އާދަމް އާޒިމެވެ.

މަޝްރޫއު ނިންމަން ޖެހެނީ 450 ދުވަހުގެ ތެރޭގައެވެ.

މަޝްރޫއުގެ ޖުމްލަ އަގަކީ 47،268،512.87 ރުފިޔާއެވެ.

ފިނޭ ބަނދަރު ތަރައްގީ ކުރުމުގެ ގޮތުން ކުރެވޭނެ ކަންކަމަކީ:-

  • 41،332.31 ކިއުބިކް މީޓަރ ބަނދަރު ފުން ކުރުން
  • 5848.05 ކިއުބިކް މީޓަރ ނެރު ފުން ކުރުން
  • 219 މީޓަރު ބްރޭކްވޯޓާ ޖެހުން
  • 82 މީޓަރު ރިވެޓްމެންޓް ޖެހުން
  • 25 މީޓަރު ގްރޮއިން ޖެހުން
  • 248 މީޓަރު އެއްގަމު ތޮށި ޖެހުން
  • 248 މީޓަރު ސްކޯރިން އެޕްރޮން ޖެހުން
  • 10 މޫރިން ބޮއި ހަރުކުރުން
  • 90 އަކަ މީޓަރު ރޭންޕެއް ހެދުން
  • 02 ނެވިގޭޝަން ލައިޓް ހަރުކުރުން
  • 19 މަގު ބައްތި ހަރުކުރުން
  • 2198 އަކަ މީޓަރު ޕޭވްމަންޓް ހެދުން