ހެޔޮވެރިކަން: މ.މުލި ބަނދަރު ތަރައްގީކުރަން ހަވާލުކުރުން

ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 65،555،973.53 ރުފިޔާ

ހެޔޮވެރިކަން: މ.މުލި ބަނދަރު ތަރައްގީކުރަން ހަވާލުކުރުން

މ. މުލި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަރު ޝާނާ ފަރޫގްއާއި އެމްޓީސީސީގެ ޗީފް އެކްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ.

ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 65،555،973.53 ރުފިޔާއެވެ.

މަސައްކަތް ނިންމުމުގެ މުއްދަތަކީ 550 ދުވަހެވެ. 

މުލީ ބަނދަރު ތަރއްގީ ކުރުމުގެ ގޮތުން ކުރެވޭނެ ކަންކަމަކީ:-

  • 3388 ކިއުބިކް މީޓަރ ބަނދަރުން ފުން ކުރުން
  • 6،254 ކިއުބިކް މީޓަރ ނެރު ފުން ކުރުން
  • 213 މީޓަރު ސޭންޑްފިލް ބްރޭކްވޯޓާ ޖެހުން
  • 89 މީޓަރ ރިވެޓްމެންޓް ޖެހުން
  • 479 މީޓަރ އެއްގަމު ތޮށި ޖެހުން
  • 467 މީޓަރު ސްކޯރިން އެޕްރޮން ޖެހުން
  • 10 މޫރިން ބޮއި ހަރުކުރުން
  • 100 އަކަ މީޓަރު ރޭންފެއް ހެދުން
  • އެކްސެސް ޕްލެޓްފޯމެއް އެޅުން
  • ތިން މީޓަރު ކޮންކްރީޓް ބްރިޖެއް ހެދުން
  • ދެ ނެވިގޭޝަން ލައިޓް ހަރުކުރުން
  • 27 މަގު ބައްތި ހަރުކުރުން
  • 2370 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުން