ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓް ދީފި

އެއް ވިއުގައކުން ގުޅިފައިވާތީ ހުޅުމާލެ އިންޖީނުގޭގެ މައްސަލައަކުން މާލެއިން ކަރަންޓް ކެނޑެން ދިމާވޭ

ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓް ދީފި

މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ހެނދުނު 07:40 ކަންހާއިރު ކަރަންޓް ކެނޑެން މެދުވެރިވި މައްސަލަ ހައްލުކޮށް ހުރިހާ ސަރަހައްދަކަށް ސްޓެލްކޯއިން ކަރަންޓް ދީފިއެވެ.

ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމުން މައްސަލަ ދެނެގަނެ މައްސަލަ މިހާރު ހައްލު ކޮށްފައިވާ ވާއިރު ކަރަންޓްގެ ހިދުމަތް މެދުކެނޑުމުން ދިމާވާ ދަތިތަކަށް އެކުންފުނިން ވަނީ މާފަށް އެދެއެވެ.

މާލެ އާއި ހުޅުމާލޭގެ ކަރަންޓް މިހާރު އެއް ވިއުގައަކުން ގުޅާލެވިފައި އޮތުމުން ހުޅުމާލެ އިންޖީނުގޭގައި މައްސަލައެއް ދިމާވެއްޖެނަމަ ހުޅުމާލޭގެ އިތުރުން މާލެ އިން ވެސް ބައެއް ފަހަރު ކަރަންޓް ކެނޑެން ދިމާވެއެވެ. މިހާރު މާލޭ ސަރަހައްދަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ މައި އިންޖީނުގެއަކީ ހުޅުމާލޭގައި ހުންނަ 50 މެގަވޯޓްގެ އިންޖީނުގެއެވެ.