ހެޔޮވެރިކަން: އިންނަމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުން

އިންނަމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް 15.6 މިލިޔަން ރުފިޔާ

ހެޔޮވެރިކަން: އިންނަމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުން

ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަކީ ރައީސް ސާލިހު އެންމެ އިސްކަން ދެއްވާ ކަންކަމުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެކެވެ. އެ ގޮތުން ގިނަ ރަށް ތަކެއްގެ ގޮޑުދޮށް ހިމާޔަތްކޮށް ދެއްވައިފިއެވެ. ގިނަ ރަށްތަކެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނުފެށި ހުރި ރަށްރަށުގެ މަސައްކަތް ކުރުން އެ މަސައްކަތް ކޮއްދެވޭ ވަރުގެ ފަރާތްތަކާ ދަނީ ހަވާލު ކުރަމުންނެވެ.

ރ. އިންނަމާދޫ އަކީ ވެސް ގޮނޑުދޮށް ހިމާޔަތް ކުރަންޖެހިފައިވާ ރަށެކެވެ. އާބާދީގައި 900 މީހުން ދިރިއުޅޭ އިންނަމާދޫ އަކީ ކިއްސަރު ވަޑާމަށް ރާއްޖޭގައި މަސްހޫރު ރަށެކެވެ. ރަށުގެ އުތުރު ފަރާތުން ވެލިގަނޑު ގިރަމުން ދިޔުމަކީ އޮޑި ދޯނި ފަހަރު ބަނުމާއި އެ ނޫން ވެސް އިގްތިސާދީ މަސައްކަތްތަކަށް އޮތް ވަރަށް ބޮޑު ގޮން ޖެހުމެކެވެ. ރަށުގެ ގުދުރަތީ ވެއްޓަށް އޮތް އެންމެ ބޮޑު އެއް ނުރައްކަލެވެ.

ރ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓިސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދަން ނިންމާ އެ މަސައްކަތް އެމްޓީސީސީއާއި މިހާރުވަނީ ހަވާލު ކުރެވިފައެވެ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް 15.6 މިލިޔަން ރުފިޔާ ސަރުކާރުން ހަރަދު ކުރާނެއެވެ. އިންނަމާދޫގެ އުތުރު ފަރާތު ހިމާޔަތްކުރުމަށް 360 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުން ހަވާލުކޮށްފައި ވަނީ 7 މަސް ދުވަހުން ނިންމާ ގޮތަށެވެ.