ހެޔޮވެރިކަން: ނޭކުރެންދޫ ބަނދަރު އަޕްގްރޭޑްކުރުުން

ހެޔޮވެރިކަން: ނޭކުރެންދޫ ބަނދަރު އަޕްގްރޭޑްކުރުުން

ހދ. ނޭކުރެންދޫ ބަނދަރު އަޕްގްރޭޑްކުރުުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ނޭކުރެންދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އެއް އަހަރުގެ ތެރޭގައި ނިންމާނެއެވެ. 

47.6 މިލިއަން ރުފިޔާ ހަރަދު ކުރެވޭ ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގައި 212 މީޓަރުގެ އެއްގަމު ތޮއްޓެއް ލެވޭނެއެވެ. 166 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި ބޮޑުހިލައިގެ ބޭރު ތޮއްޓެއްލުން ވެސް އެ މަސައްކަތުގައި ހިމެނެއެވެ. ރޭމްޕެއް ހެދުމާއި ބަނދަރު ބައްތި ޖެހުމާއި ޕޭމަންޓް ހެދުން ވެސް މި ޕްރޮޖެކްޓްގައި ހިމެނެއެވެ.

ރައީސް ސާލިހުގެ ހެޔޮވެރިކަމުގައި ރަށްރަށުގެ ލަފާފުރުމަށް ހުރި ހުރަސްތައް ނައްތާލުމުގެ ދަށުން ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އާއި އެމްޓީސީސީ އާއި ދެމެދުގައެވެ. އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރ ޝާހިދު ހުސެއިން މޫސާއެވެ.

1400މީހުންގެ އާބާދީއެއް އޮތް ނޭކުރެންދޫގެ ބަނދަރުގެ ޖާގައިގެ ދަތިކަން ބޮޑެވެ. މި މަޝްރޫއުން އެ ރަށުގެ ބަނދަރުގެ ޖާގައިގެ މައްސަލައަށް  ހައްލު ލިބިގެން ދާނެއެވެ.