ހެޔޮވެރިކަން: ބ.މާޅޮހުގެ ޝުކުރު ރައީސަށް
ރައީސުލްޖުމްހުރިއްޔާ ވައުދުވެ ވަޑައިގެންނެވި ގޮތަށް ބ. މާޅޮހުގައި ފެނާ ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއު ފަށައިގެން މިހާރު ކުރިޔަށް އެބަދެއެވެ. ކުރީގެ ސަރުކާރުތަކުން ކުދި ރަށްތަކުގެ ތަރައްގީ ވަރަށް ބޮޑަށް ދޫކޮށްލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް މި ސަރުކާރުން ކުދި ރަށްތަކަށް ތަރައްގީ ގެނައުމަށް ގިނަގުނަ މަސައްކަތް ދަނީ ކުރެވެމުންނެވެ.
މާޅޮހު ތަރައްގީއަށް ހިންގަމުންދާ މަޝްރޫއުތަކާއި މެދު ކައުންސިލާއި ރައްޔިތުންގެ ހިތްހަމަ ޖެހުން ވަރަށް ބޮޑެވެ. ބ. މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު އެކަން ފާހަގަކުރައްވާ އެ ރަށު ރައްޔިތުން ޝުކުރު އަދާކުރާކަން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވީ ހަގީގަތުގައި ވެސް ގިނަ ރައްޔިތުންގެ ރުހުމާ ލޯބި މިސަރުކާރަށް އޮތީތީއެވެ. ބ. މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާގެ ފައިންޕުޅުދެކި ރައްޔިތުންގެ އިހުސާސްތައް ހިއްސާކުރެއްވީ އެހެން ވެގެނެވެ. ރައްޔިތުން އެދޭ ކަންކަން ހައްލުކޮށްދެއްވުމުގައި ރައީސް ސާލިހު ވެސް ހުންނެވީ ފަސްޖެހި ވަޑައި ގަންނަވާ ގޮތަކަށް ނޫނެވެ.
ބ. މާޅޮހު ރައްޔިތުންނަށް ބޭނުންވާކަންކަމުގެ ގޮތުގައި ފާހަގަކޮށްލެވޭ ބައެއް ކަންކަން:
- ބަނދަރުގެ ދަތިކަން ހައްލު ކުރުން
- ހިބަޅިދޫ މާޅޮހު ކައުންސިލްގެ އިހުތިސާސްގައި ހިމެނުން
- ރަށްގިރުމުގެ މައްސަލަ ހައްލުކުރުން
- ދޯނި ފަހަރު އެހެލުމަށް ބޭނުންވާ ސަރަޙައްދެއް ހެދުން
- ހުކުރު މިސްކިތުގެ ޖާގައިގެ ދަތިކަން ހައްލު ކުރުން
- ދީނީ ޕްރޮގްރާމްތައް ހިންގުމަށް ސަރުކާރުގެ އެހީތެރިކަން ދިނުން
- ކުޅިވަރު ކުޅޭނެ ވަސީލަތްތައް ބޭނުންވުން
ރައީސް ސާލިހުގެ އިޖާބަ
- ކައުންސިލާއި އ.ތ.މ. ކޮމިޓީއިން ފާހަގަ ކުރެއްވި ކަންކަން ސަރުކާރުގެ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން އެދެވޭ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވުން
- ރަށްރަށަށް ތަރައްގީ ގެނައުމުގައި ކައުންސިލްތަކާއެކީ މަޝްވަރާކުރައްވައިގެން ރައްޔިތުން އެންމެ އެދޭގޮތަށް ކަންކަން ކުރިޔަށްގެންދެވޭތޯ މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވުން.