އެމްޕީއެލް އިންޓާރންޝިޕް ޕްރޮގްރާމަށް 200 އެޕްލިކޭޝަން
ޕްރޮގްރާމްގެ ބައެއް ދާއިރާތަކުން ކުރިއަށްވުރެ ޖާގަ ވަނީ އިތުރުކޮށްފާ
ސާނަވީ އަދި މަތީ ސާނަވީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުގެ އަމަލީ ހުނަރުތައް ދަސްކޮށްދީ، ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ހިންގާ މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ހިންގާ އިންޓާރންޝިޕް ޕްރޮގްރާމަށް މި އަހަރުވެސް ބޮޑު ތަރުހީބެއް ލިބިގެން ހިނގައްޖެއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ހިންގާ އިންޓާރންޝިޕް ޕްރޮގްރާމްގެ ބޭނުމަކީ އެމްޕީއެލްގައި އޮތް ވަޒީފާގެ ފުރުސަތުތަކާއި، ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކޮށް، މެރިޓައިމްއާ ގުޅުންހުރި ދާއިރާތަކަށް ދަރިވަރުން ޝައުގުވެރި ކުރުވުމެވެ. ޕޯޓުގައި ކުރާ މަސައްކަތްތަކަށް ބައިވެރިން އަހުލުވެރި ކުރުވުމަކީވެސް އިންޓާރންޝިޕް ޕްރޮގްރާމް ހިންގުމުގެ ބޭނުމެކެވެ.
އެމްޕީއެލް އިންޓާރންޝިޕްގައި ބައިވެރިވުމަށް 200 އަށް ވުރެ ގިނަ އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. މިއަދަދަކީ މިދިޔަ އަހަރު އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށަހެޅި އަދަދަށް ވުރެ ބޮޑުތަނުން އިތުރު އަދަދެކެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ހިންގާ އިންޓާރންޝިޕް ޕްރޮގްރާމް ހިންގަނީ އެމްޕީއެލްގެ ލާރނިން އެންޑް ޑިވެލޮޕްމަންޓް (އެލްޑީޑީ) ޑިޕާޓްމަންޓް އިންނެވެ. އެމްޕީއެލް އިންޓާރންޝިޕް ޕްރޮގްރާމްގެ ބައެއް ދާއިރާތަކުން ކުރިއަށްވުރެ ޖާގަ އިތުރުކޮށް ގިނަ ފަރާތްތަކަކަށްށް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
އެމްޕީއެލް އިންޓާރންޝިޕް ޕްރޮގްރާމްގައި މިއަހަރު ހިމެނޭ ދާއިރާ ތަކަކީ:-
- އިލެކްޓްރިކަލް އިންޖީނިއަރިންގ
- މެކޭނިކަލް އިންޖީނިއަރިންގ
- މެރިން އިންޖީނިއަރިންގ
- ސިވިލް އިންޖީނިއަރިންގ (އޮޓޯކެޑް ޑްރޯވިންގ)
- ސިވިލްއިންޖީނިއަރިންގ (އޮޓޯ ލެވެލް ބޭނުންކޮށްގެން ސާރޗޭ ކުރުން)
- އައިޓީ ވެބް ޑެވެލޮޕްމެންޓް
- ބިޒްނަސް ޑެވެލޮޕްމެންޓް އެންޑް މާކެޓިންގ (ކޮޕީ ރައިޓް)
އެމްޕީއެލް އިންޓާރންޝިޕް ޕްރޮގްރާމް މި އަހަރު ފެށީ ހުސްވި ޖޫން މަހުގެ 25 ވަނަ ދުވަހެވެ. އޯގަސްޓް ތިނެއްގެ ނިޔަަލަށް މި ޕްރޮގްރާމް ކުރިއަށް ދާނެއެވެ. މި އަހަރުގެ އިންޓާރންޝިޕް ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ 18 ފަރާތަކުންނެވެ.
އެމްޕީއެލް އިން ބުނީ މި ޕްރޮގްރާމްގެ ބޭނުމަކީ އެމްޕީއެލްގައި އޮތް ވަޒީފާގެ ފުރުސަތުތަކާއި، ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކޮށް، މެރިޓައިމްއާ ގުޅުންހުރި ދާއިރާތަކަށް ދަރިވަރުން ޝައުގުވެރި ކުރުވުން ކަމަށެވެ. މީގެ އިތުރުން، ޕޯޓުގައި ކުރާ މަސައްކަތްތަކާމެދު އެ ކުދިން އަހުލުވެރިކުރުމަކީވެސް މި ޕްރޮގްރާމްގެ ބޭނުމެއް ކަަމަށް ބުނެފައި ވެއެވެ.