އެމްޕީއެލް ސީނިއަރ މެނޭޖްމަންޓަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއް

"ކޮމްޕްލައިންސް ވިތް އެޗްއާރު ޕޮލިސީސް އެންޑް ޕްރޮސީޖަރސް: އެވްރީވަންސް ރެސްޕޮންސިބިލިޓީ"

އެމްޕީއެލް ސީނިއަރ މެނޭޖްމަންޓަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއް

މޯލްޑިވްސް ޕޯޓް ލިމިޓެޑުން އެ ކުންފުނީގެ ސީނިއާރ މެނޭޖްމަންޓްގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ކުރާ އިންވެސްޓްމަންޓަކީ އެ ކުންފުނީގެ ކާމިޔާބީއަށް ހަރުދަނާ އެޗްއާރު ފްރޭމްވޯކެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ މައްޗަށް އިތުރުގޮށެކެވެ. މިގޮތުން "ކޮމްޕްލައިންސް ވިތް އެޗްއާރު ޕޮލިސީސް އެންޑް ޕްރޮސީޖަރސް: އެވްރީވަންސް ރެސްޕޮންސިބިލިޓީ" ގެ ނަމުގައި އެކުންފުނީގެ ސީނިއަރ މެނޭޖްމަންޓަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ވަނީ ރާވައިހިންގާފައެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ކަނޑުގެ ސިނާއަތަށް ހާއްސަ އެޗްއާރު މެނޭޖްމަންޓް ޕްރެކްޓިސްތައް ރަނގަޅުކޮށް، މޯލްޑިވްސް ޕޯޓް ލިމިޓެޑްގެ ގާނޫނީ ޝަރުތުތަކާއި ސިނާއަތުގެ މިންގަނޑުތަކާ އެއްގޮތަށް  ބޯލަބާ ކިޔަމަންތެރިކަމާއެކު މަސައްކަތްތައް ބަޓަންކުރުމެވެ.

މި ތަމްރީނުގެ މަގުސަދަކީ އެމްޕީލްގެ ތެރޭގައި އެޗްއާރު މެނޭޖްމަންޓްގެ އުސޫލުތައް ވަރުގަދަކޮށް އިތުރުކުރުމުގެ އިތުރުން އެޗްއާރުއާ ގުޅުންހުރި ސިޔާސަތުތަކާއި އުސޫލުތަކަށް އަމަލުކުރުމުގެ މުހިންމުކަމާ މެދު މުވައްޒަފުން ހޭލުންތެރިކުރުވުމެވެ. އަދި އިންސާފުވެރިކަމާއި، ވީހާވެސް ހާމަކަން ބޮޑުކަމާއި، މުވައްޒަފުންގެ ދުޅަހެޔޮކަން އިތުރުކޮށްދޭ މަސައްކަތުގެ މާހައުލެއް އުފެއްދުމެވެ.