ވިސްނާލަމާ ޕްރޮގްރާމުގައި އެސްޓީއޯގެ ޑްރައިވަރުން

"ވިސްނާލަމާ" ގެ ނަމުގައި ޕޮލިހުން ކުރިއަށް ގެންދާ ޕްރޮގްރާމުގައި އެސްޓިއޯގެ ޑްރައިވަރުން ބައިވެރިވުން

ވިސްނާލަމާ ޕްރޮގްރާމުގައި އެސްޓީއޯގެ ޑްރައިވަރުން

ފަހަކަށް އައިސް މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކުގެ ސަބަބުން މިޤައުމުގެ ކޮންމެ ރައްޔިތެއްމެ މިއަދުމި ވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ކޮންމެ ބައެއްގެ އިހުމާލުން ހިނގި ކަމެއްކަމުގައި ވިއަސް މިއަދުގެ މަގުތަކަކީ އަމާން ތަނެކޭ ބުނެވޭކައްނެތެވެ. މިކަން މިނޫން ގޮތަކަށް ބަދަލު ކުރުމަކީ ހަމަޔަގީނުން ވެސް އަހަރުމެން އެންމެން ކުރަން ލާޒިމުކަމެކެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމައްޓަކައި، ޒިންމާދާރު ޑްރައިވިން ޕްރެކްޓިސްތައް އަށަގެންނެވުމައް، ފުޅާދާއިރާއެއްގައި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި  މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުގައި އެސްޓީއޯގެ ޑްރައިވަރުން ވަނީ ބައިވެރިކޮށްފައެވެ. 

އެސްޓީއޯގެ އިސްވެރިންގެ އިސްނެގުމުގެ މަތިން އެކުންފުނީގެ ޑްރައިވަރުން "ވިސްނާލަމާ" ގެ ނަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިކޮށްފައިވަނީ އެކުންފުނީގެ ޑްރައިވަރުންނަކީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމަށް ލޯހުޅުވިފައި ތިބި ބަޔަކަށް ހެދުމަށެވެ.  

ޑްރައިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މަގުބޭނުންކުރާ ހުރިހާ ފަރާތް ތަކަށް ރައްކާތެރި މާހައުލެއް ގާއިމުކޮށް، ޒިންމާދާރުކަމާއެކު ދުއްވުމުގެ މުހިންމުކަމާ މެދު ބައިވެރިން ހޭލުންތެރިކުރުވިއެވެ. އަދި  މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އެކްސިޑެންޓްތައް މަދުކުރުމަށް ޑްރައިވަރުންނަށް އެޅިދާނެ ރަނގަޅު ފިޔަވަޅުތައްވެސް ދަސްކޮދިނެވެ.

މި ޕްރޮގްރާމުގެ މަޤްޞަދަކީ، މަގުމަތީގައި ކުރިމަތިވެދާނެ ނުރައްކާތައް އަންދާޒާކޮށް، އެކަމަށް އެކަށީގެންވާ ގޮތެއްގައި އިޖާބަދިނުމުގެ ހުނަރު ޑްރައިވަރުންނަށް ދަސްކޮށްދިނުންކަމަށް އެސްޓިއޯއިން ބުނެއެވެ.