މިލަންދޫ ސްކޫލްގައި ފެނަކަ އިންސްޓިޓިއުޓުން ވޯކްޝޮޕެއް ހިންގައިފި!

ފެނަކަ އިންސްޓިޓިއުޓުން މިލަންދޫ ސްކޫލުގާ ހިންގީ ބޭސިކް އިލެކްޓްރިކަލް ވޯކްޝޮޕެއް

މިލަންދޫ ސްކޫލްގައި ފެނަކަ އިންސްޓިޓިއުޓުން ވޯކްޝޮޕެއް ހިންގައިފި!

ފަންނީ ހުނަރުތައް ކުރިއަރުވައި، ކުރިއަށް އޮތް ޖީލުގެ އިލެކްޓްރިޝަނުންނަށް ހިތްވަރު ދިނުމުގެ ގޮތުން ފެނަކަ އިންސްޓިޓިއުޓުން ދާދި ފަހުން ވަނީ ށ. މިލަންދޫ ސްކޫލުގެ ގްރޭޑް 9 ބީޓެކް 11 ދަރިވަރަކަށް، ބޭސިކް އިލެކްޓްރިކަލް ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.

ފެނަކަ އިންސްޓިޓިއުޓުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގެ މަގްސަދަކީ ދަރިވަރުންނަށް އަތްފޯރާ ފަށުގައި ތަމްރީނާއި އަމަލީ ފަންނު ދަސްކޮށް ދިނުމެވެ.

ވޯކްސޮޕްގައި  ދަރިވަރުންނަށް ތަމުރީނުތައް ދިނުމުގައި ހަރަކާތްތެރިވެފައި ވަނީ އެއިއިންސްޓިޓިއުޓުގެ ތަޖުރިބާކާރު ޓްރެއިނަރުން އިސްނަގައިގެންނެވެ. މި ތަމުރީނު ތަކުގައި  ކަރަންޓުގެ މަސައްކަތްތައް ކުރާއިރު ގެންގުޅެންޖެހޭ ރައްކާތެރިކަމު ފިޔަވަޅު ތަކުގެ އިތުރުން ކަރަންޓުން ރައްކާތެރިވުމައް ބޭނުންކުރާ އާލާތްތައް ރަނގަޅަށް ބޭނުން ކުރުމާއި ބެހޭ ގޮތުން ދަރިވަރުންނަށް ވަނީ މައުލޫމާތު ދީފައެވެ.

ފެނަކަ އިންސްޓިޓިއުޓުގެ އަމާޒަކީ، އިލެކްޓްރިކަލް އިންޖިނިއަރިންގެ ދާއިރާއިން ކުރިއަށް ދިއުމަށް ކުދިންގެ މެދުގައި ޝައުގުވެރިކަން އުފައްދައި، އުނގެނުމުގެ މާހައުލެއް ގާއިމު ކޮށްދިނުން ކަމައް ފެނަކަ އިންސްޓިޓިއުޓުން ބުނެއެވެ.

ފެނަކަ އިންސްޓިޓިއުޓާއި ށ. މިލަންދޫ ސްކޫލާއި ގުޅިގެން ކުރިއަށް ގެންދިޔަ މި މަސައްކަތުން ދައްކުވައިދެނީ އަމަލީ ހުނަރުން ދަރިވަރުން ބާރުވެރިކުރުވައި، އެ ކުދިންގެ ކުރިމަގަށް ފެނަކަ އިންސްޓިޓިއުޓުން ހާއްސަ ސަމާލުކަމެއް ދޭކަމެވެ. އަދި ފެނަކަ އިންސްޓިޓިއުޓުއިން ދެކޭ ގޮތުގައި މިފަދަ ވޯކްސޮޕް ތަކުގެ ސަބަބުން ދަރިވަރުނަށް އިލެކްޓްރިކަލް ކޮންސެޕްޓްތަކާ މެދު އިތުރަށް ވިސްނުމަށް މަގުފަހިވެ، މުސްތަގުބަލުގައި މި ދާއިރާއިން ކުރިޔައްދާން ބޭނުންވާނެ ޒުވާނުން ތަކެއް އުފެދިގެން ދާނެއެވެ.