ހިންމަފުށީ ސްކޫލަށް ސްޓެލްކޯ އެހީތެރިކަން ދިނުން
މައްސަލަތައް ހައްލުކޮށް ދިނީ ހިންމަފުށީ އިންޖީނުގޭގެ މުވައްޒަފުން
ކ. ހިންމަފުށީ ސުކޫލުގެ އޯލެވެލް އިމްތިހާނުގެ ޕޭޕަރުތައް ރައްކާކުރާ ސެކިއުރިޓީ ރޫމަށް ކަރަންޓްގެ ގިނަމައްސަލަ ތަކެއް ދިމާވެފައި ވުމުގެ ސަބަބުން ސެކިއުރިޓީ ރޫމް ބޭނުން ނުކުރެވޭ ވަރުވެފައި ވަނިކޮށް އެ ސްކޫލުގެ އެދުމުގެ މަތީން ސެކިއުރިޓީ ރޫމަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ސްޓެލްކޯއިން ހައްލުކޮށް ދީފިއެވެ.
ސްޓެލްކޯގެ ފަރާތުން ހިންމަފުށީ ސްކޫލުގެ އިމްތިހާނު ކަރުދާސް ރައްކާކުރާ ސެކިއުރިޓީ ރޫމްގެ ކަރަންޓްގެ މައްސަލަތައް ހައްލުކޮށް ދިނީ ހިންމަފުށީ އިންޖީނުގޭގެ މުވައްޒަފުންނެވެ.