ސްޓެލްކޯގެ ހުއްޓުމެއްނެތް އިޖުތިމާއީ ހިދުމަތް

ހިންމަފުށީ ސްކޫލަށް އެހީތެރިވެ ދިނުން

ސްޓެލްކޯގެ ހުއްޓުމެއްނެތް އިޖުތިމާއީ ހިދުމަތް

އިޖުތިމާއީ ޒިންމާ އަދާކުރުމަކީ ބޮޑެތި ޕްރޮޖެކްޓްތައް ރަވާ ހިންގުން އެކަންޏެއް ނޫނެވެ. ރައްޔިތުންނާއި ުއައްސަސާތަކުން ކުރާ ކުދި ބޮޑު އެންމެހާ ކަންކަމުގައި އެހީތެރިވެ ދިނުމަކީވެސް އިޖުތިމާއީ ޒިންމާއެކެވެ. ސްޓެލްކޯއިން އެކުފުނިން ހިދުަތްދޭ ރަށްރަށުގެ ރައްޔިތުންނާއި މުއައްސަސާތަކަށް އެހީތެރިވެ ދިނުމަކީ ވެސް އެކުންފުނިން އަދާކުރާ އިޖުތިމާއީ ޒިންމާއެކެވެ.

ކ. ހިންމަފުށީ ސުކޫލުގެ އެދުމުގެ މަތިން، އެ ސުކޫލަށް ދިމާވެފައިވާ ކަރަންޓުގެ ގިނަ މައްސަލަތަކެއް ހިންމަފުށީ އިންޖީނުގޭގެ މުވައްޒަފުން ދަނީ ހައްލުކޮށްދެމުންނެވެ. އެގޮތުން ކޮމްޕިއުޓަރ ލެބާއި، ސްޓާފްރޫމްގެ މައްސަލަޖެހިފައިވާ ލައިޓްތައް ރަނގަޅު ކޮށްދިނުމާއި ވަޔަރިންގެ ބައެއް މައްސަލަތައް މިހާރު ވަނީ ހައްލުކޮށްދީފައެވެ.

މީގެ އިތުރުން، އިންޖީނުގޭގެ ފަރާތުން ވަނީ ހިންމަފުށީ ސުކޫލަށް ލެޑް ލައިޓްތަކެއްވެސް ހަދިޔާކޮށްފައެވެ.