މަތީ ތަޢުލީމްގެ ފުރުސަތު އެމްޕީއެލްގެ މުވައްޒަފުންނަށް
ކޮންމެ އަހަރަކު ޕޯޓުގެ ދާއިރާތަކުން މަތީ ތަޢުލީމްގެ ފުރުސަތު އެމްޕީއެލްގެ ހަ މުވައްޒަފަކަށް
މައި ކެމްޕަސް މެލޭޝިއާގެ ޖޮހޯރުގައި ހުންނަ ނެދަލޭންޑްސް މެރިޓައިމް ޔުނިވަރސިޓީ ކޮލޭޖް (އެންއެމްޔޫސީ) އިން އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ފައުންޑޭޝަން އިން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރަސަތު އެމްޕީއެލް އިން ފަހިކޮށްދީފިއެވެ. ހަމަ އެއައި އެކު ކުރުމުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކުގައި ވެސް ބައިވެރިވުމުގެ ފުރުސަތު އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް އެމްޕީއެލުން ހޯދާދީފިއެވެ. ނެދަލޭންޑްސް މެރިޓައިމް ޔުނިވަރސިޓީ ކޮލެޖް (އެންއެމްޔޫސީ) އަކީ މެރިޓައިމްގެ އެކި ދާއިރާތަކުގެ ތަޢުލީމާއި ތަމްރީނު އަދި ކޮންސަލްޓަންސީ ފޯރުކޮށްދޭ މެލޭޝިއާގެ ޔުނިވަރސިޓީއެކެވެ.
އެމްޕީއެލް މުއައްޒަފުންނަށް އެފުރުސަތު ހޯދާ ދިނީ މެލޭޝިއާގެ "ނެދަލޭންޑްސް މެރިޓައިމް ޔުނިވަރސިޓީ ކޮލެޖް" (އެން.އެމް.ޔޫ.ސީ)އާއެކު އެމްޕީއެލް އިން އެމްއޯޔޫއެއްގައި ސޮއިކޮށްގެންނެވެ. އެމްއޯޔޫގައި ސޮއިކުރުން އޮތީ އެމްޕީއެލް ހެޑް އޮފީހުގައި މިމަހުގެ ފަސްވަނަ ދުވަހުއެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ އެންއެމްޔޫސީގެ ފަރާތުން އެ ޔުނިވަރސިޓީގެ އެގްޒެކުޓިވް ޗެއާމަން ޑަޓޯ ކެޕްޓަން ރަޒާލީ ޔާކޮބް އާއި އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީއެވެ.
"ޕޯޓުގެ އެކި ދާއިރާތަކުން މަތީ ތަޢުލީމް ހާސިލްކުރުމުގެ ފުރުސަތު މި ކުންފުނީގެ ހަ މުވައްޒަފަކަށް ކޮންމެ އަހަރުވެސް ލިބިގެންދާނެ. މީގެ އިތުރުން ކުރު މުއްދަތުގެ ތަމްރީނުތައް ވެސް މުވައްޒަފުންނަށް ފޯރުކޮށްދޭނެ. މީހުން ބިނާކުރުމާއި މުވައްޒަފުންނަށް މަސައްކަތުގެ ދާއިރާގެ ތަމްރީނާއި ތަޢުލީމުގެ ފުރުސަތުތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް މިއީ،" ޝާހިދު އަލީ
އެމް.ޕީ.އެލްގެ ސީއީއޯ ޝާހިދު ވިދާޅުވާ ގޮތުގައި މި އެމްއޯޔޫ އަކީ މެރިޓައިމް ޕޯޓުގެ ދާއިރާ އިން މީހުން ބިނާކުރުމަށް އެމްޕީއެލް އިން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ. އެންއެމްޔޫސީގެ ޗެއަރމަން ޑާޓޯ ކެޕްޓަން ރަޒާލީ ވިދާޅުވީ މިއީ ބަދަހި ގުޅުމެއްގެ ފެށުން ކަމަށެވެ.
"މެލޭޝިއާގައި އެބަހުރި ވަރަށް ފެންވަރު ރަނގަޅު ޕޯޓުތައް. ޕޯޓްގެ ދާއިރާގައި އަޅުގަނޑުމެންނަށް ލިބިފައިވާ އަމަލީ ތަޖުރިބާގެ އިތުރުން، ޔުނިވަރސިޓީ އިން ތަޢުލީމް ހާސިލްކުރާ ފަރާތްތަކަށް މަސައްކަތުގެ އަމަލީ ތަޖުރިބާތައް ލިބޭނެ. އަޅުގަނޑުމެންގެ އަމާޒަކީ ދެ ފަރާތުން ގުޅިގެން، ދެ ފަރާތަށްވެސް ފައިދާކުރާނެ މަސައްކަތްތަކެއްކުރުން،" ޑަޓޯ ކެޕްޓަން ރަޒާލީ
މީހުން ބިނާކުރުމާއި ތަޢުލީމާއި ތަމްރީނު ދިނުމުގެ ދާއިރާތަކުން ކޮންސަލްޓަންސީގެ ބައެއް މަސައްކަތްތައް ވެސް މިއެއްބަސް ވުމުގެދަށުން ކުރިއަށް ގެންދާނެއެވެ. މި އެމް.އޯ.ޔޫގެ ދަށުން އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ތަޢުލީމުގެ އިތުރުން މަސައްކަތާ ގުޅޭ އަމަލީ ތަޖުރިބާ ވެސް ލިބިގެންދާނެއެވެ.