އެސްޓީއޯއިން ބ. އަތޮޅާއި ޅ. އަތޮޅުގައި ތަމުރީނު ޕޮރުގުރާމެއް

އެސްޓީއޯއިން ބ. އަތޮޅާއި ޅ. އަތޮޅުގައި ތަމުރީނު ޕޮރުގުރާމެއް

އެސްޓީއޯއިން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ތިބި ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން ބ. އަތޮޅާއި ޅ. އަތޮޅުގެ ރަށްރަށުގެ ފާމަސިސްޓުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެން ގޮސްފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ފޯރުކޮށް ދިނުމަށް އެސްޓީއޯއިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ތަމްރީނު ސެޝަންތަކުގައި ފާމަސިސްޓުންނަށް ވަނީ ކޭސް ސްޓަޑީތަކާއި ގްރޫޕް މަޝްވަރާގައި ބައިވެރިވުމުގެ ފުރުސަތު ލިބި، އެކެއް އަނެކެއްގެ ހިޔާލާއި ތަޖުރިބާ ބަދަލުކުމާއި، ކަސްޓަމަރުންނަށް ހިދުމަތްދިނުމުގައި ގެންގުޅެންޖެހޭ އެންމެ ރަނގަޅު ގޮތްތައް ވަރަށް ފުރިހަމައަށް ދެނެގަތުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މި ޕްރޮގުރާމު ފުރިހަމަކުރުމުގެ ސަބަބުން ބ. އަތޮޅާއި ޅ. އަތޮޅުގެ ފާމަސިސްޓުން ކަސްޓަމަރުންނަށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، މުވައްޒަފުންގެ ގާބިލުކަން އިތުރުވެގެން ދާނެއެވެ. އަދި ބަލި މީހުންނަށް އިތުރު ޕާސަނަލައިޒްޑް ކެއާރ ފޯރުކޮށްދީ، ކަސްޓަމާރ ސަރވިސްގެ މިންގަނޑުތަކަށް ފާމަސިސްޓުން އިތުރަށް އަހުލުވެރި ކުރުވުމަކީވެސް  މި ޕްރޮގްރާމުގެ އެއް މަގުސަދު ކަމަށް އެސްޓިއޯއިން ހާމަކުރެއެވެ.

މި ތަމްރީނު ޕްރޮގްރާމް ރާއްޖޭގެ އެހެން ސަރަޙައްދު ތަކަށް ފުޅާކޮށް، ރާއްޖޭގެ ފާމަސީތަކުގައި ކަސްޓަމަރުނަށް ދެވޭ ހިދުމަތުގެ ފެންވަރު ދުވަހެއް ދުވަހަކަށް މަތި ކުރުމަށް އެސްޓީއޯއިން އަބަދުވެސް މަސައްކަތް ކުރެއެވެ. ފާމަސިސްޓުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އިންވެސްޓްކޮށްގެން އެ ކުންފުނިން ގެންދަނީ ބަލި މީހުންނަށް އެންމެ މަތީ ދަރަޖައިގެ އަޅާލުމާއި ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ޕްރޮއެކްޓިވް ފިޔަވަޅުތައް އަޅަމުންނެވެ. އަތޮޅުތެރޭގެ ރަށްރަށުގެ ފާމަސިސްޓުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިފަދަ ކަސްޓަމާރ ސާވިސް ޓްރެއިނިން ޕްރޮގްރާމުން ތަކުން ވެސް ދައްކުވައިދެނީ ރާއްޖޭގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ތަކެއް ފޯރުކޮށްދިނުމަށް އެސްޓީއޯއިން ކުރަމުންގެދާ މިންނެއް މަސައްކަތެވެ.