އެމްޕީއެލްގައި އަންހެން ކާޕެންޓަރެއް

އެޕްރެންޓިސްޝިޕް ޕްރޮގުރާމް ނިމުމުން އެމްޕީއެލުން ވަޒީފާ

އެމްޕީއެލްގައި އަންހެން ކާޕެންޓަރެއް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމެކެވެ. ފަންނީ ރޮނގުތަކުން މީހުން ބިނާ ކުރުމުގައި މިންތީގެ ތަފާތެއް އެމްޕީއެލްގައި ނޯވެއެވެ. މީގެ ތިންމަސް ދުވަސްކުރިން ހިންގި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވީ އެންމެ އަންހެނެކެވެ.

ލ. ގަމަށް އުފަން އުމުރުން 34 އަހަރުގެ ފާތިމަތު ޝިރުފާ އެމްޕީއެލް އެޕްރެންޓިސްޝިޕް ޕްރޮގްރާމު ފުރިހަމަކޮށްގެން ފުލްޓައިމް މުއައްޒަފެއްގެ ގޮތުގައި އެމްޕީއެލްގައި މިހާރު މަސައްކަތްކުރަނީ ކާޕެންޓަރެއްގެ ގޮތުގައެވެ. އެއްވެސް ވަރަކަށް ޖެހިލުންނުވެ ވާނެ ކަމުގެ ޔަގީންކަން އޮވެ ޕްރޮގްރާމް ފުރިހަމަކޮށް ދާއިމީ ވަޒީފާ އެމްޕީއެލުން ހޯދަފައިވާ ޝިރުފާއަކީ ކަނބަލުންނަށް ރަނގަޅު މިސާލެކެވެ. އެކުގައި މަސައްކަތްކުރާ އެހެންމީހުންގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް ލިބިގެން ވަޒީފާ އަދާކުރުމުގައި ޝިރުފާއަށް އެއްވެސް ދައްޗެއް ނެތެވެ.

ރަސްމީ މަސައްކަތްތަކުގައި ޝިރުފާއަށް ކަބަޑު ޖެހުމާއި ރޭނުމާއި ސިމެންތި ޖެހުމާއި ކުލަލުން ފަދަ ކަންކަން ކުރަންޖެހެއެވެ. އެފަދަ އެއްވެސް ކަމެއް ކުރާއިރު އަންހެނަކަށްވީތީ ދިމާވާ ގޮންޖެހުމެއް ޝިރުފައަށް އޮންނަ ކަމަކަށް ނުވެއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގުރާމް ނިމުމުން އެމްޕީއެލުން އޭނާއަށް ވަޒީފާ ހަމަޖައްސައިދިނީ އަންހެނުންނަށް ފަހި ފުރުސަތުތަކެއް އެކުންފުނީގައި ކޮންމެ ދާއިރާ އަކުންވެސް އޮތްކަން ކަށަވަރު ކޮށްދެމުންނެވެ.

އެމްޕީއެލުން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގުރާމުތަކުގައި ގިނަ އަންހެނުންނަށް ހަމަހަމަ ފުރުސަތު ހުޅުވާލާފައި އޮވެއެވެ. ހެވީވެހިކަލް އޮޕަރޭޓުކުރުމާއި ވަޑާންކުރުމާއި އެނޫންވެސް ތަފާތު ދާއިރާތަކުން އަންހެނުންނަށް އެމްޕީއެލްގައި ފުރުސަތުތައް އޮތީ ފަހިކޮށެވެ.

އަންހެނަކަށް ވިޔަސް ވަޑާން ކުރުންފަދަ ކަންކަމަކީވެސް ކުރެވޭނެ ކަންކަން ޝިރުފާ އެދަނީ ސާބިތުކޮށް ދެމުންނެވެ.