އެސްޓީއޯ ފަންނީ ރޮގުތަކުން އަންހެނުން ބާރުވެރި ކުރުވުން

ފަންނީ ރޮގުން 15 ސްކޯލަރޝިޕް ހުޅުވާލުން

އެސްޓީއޯ ފަންނީ ރޮގުތަކުން އަންހެނުން ބާރުވެރި ކުރުވުން
ޓެކްނިކަލް ދާއިރާތަކުން އަންހެނުންނަށް ފުރުސަތުތައް ހޯދައިދިނުމަށް އެސްޓީއޯއިން ހާއްސަ ސްކޮލަޝިޕްތަކެއް ދިނުމަށް ނިންމި ނިންމުމަކީ މީހުން ބިނާ ކުރުމަށް ދޭ އިސްކަން ވަޒަންކުރެވޭ ކަމެކެވެ. ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން އަންހެނުންނަށް ހާއްސަކޮސްގެން ފުރުސަތު ހުޅުވާލުމަކީ މިންތީގެ ހަމަހަމަކަމަށް އެސްޓީއޯ ސަމާލުކަން ދޭވަރު ހާމަ ކޮށްދޭ ކަމެކެވެ. 

އެސްޓީއޯއިން ސްކޮލަޝިޕްގެ ފުރުސަތު https://twitter.com/stoplc ހުޅުވާލެވިފައިވަނީ 15 ބައިވެރިންނަށެވެ. އެޑްވާންސް ސެޓްފިކެޓް އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިން އާއި އެޑްވާންސް ސެޓްފިކެޓް އިން ރެފްރިޖެރޭޝަން އެންޑް އެއާ-ކޮންޑިޝަނިންގ އާއި ސެޓްފިކެޓް ތްރީ އިން އިލެކްޓްރޯނިކްސްގެ ކޯހަށް އަންހެނުންނަށް ފުރުސަތު ހުޅުވައިލައިގެން އެކަނި ފުއްދާލަކަށް އެސްޓީއޯ ނުވިސްނައެވެ.

ކޯސްތަކާއެކު ބައިވެރިންނަށް އެސްޓީއޯއިން ވަޒީފާ ޔަގީން ކޮށްދެއެވެ. ކޯސް ފުރިހަމަ ކުރުމުން އެލެވޭޓާ ޓެކްނީޝަނުންގެ ގޮތުގައާއި ސާވިސް ސަޕޯޓް ޓެކްނީޝަންސްގެ ގޮތުގައާއި ޕްރޮޑަކްޓް ސްޕެޝަލިސްޓުންގެ ވަޒީފާ އަދާކުރެވޭނެއެވެ.

ޝައުގުވެރިވާ ފަރާތްތަކުން އިއުލާނުގައިވާ ކިއުއާރު ކޯޑް މެދުވެރިކޮށް ކޯހަށް އެދޭ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު މި މަހުގެ ނިޔަލަށް ކޯހަށް އެދި އެސްޓީއޯއަށް ހުށަހެޅުމުން ގެންދަންވީއެވެ. އިތުރު މައުލޫމާތު ހޯދުމަށް 1422 އަށް ގުޅަމުން ގެންދަން ހުރަހެއް ނެތެވެ. މެއިލް ކުރަންޖެހޭ އީމެއިލް އެދްރެހަކީ training.development@sto.mv އެވެ.