އެސްޓީއޯ ޓްރޭނިންގ އިންސްޓިއުޝަން: ރޭޑިއޮގްރަފީ ބައިވެރިން ތަޖުރިބާ ހޯދުން

މީހުން ބިނާ ކުރުމުގައި މައުލޫމަތާއި އަމަލީ ތަޖުރިބާ ބައިވެރިންނަށް ހޯދާދިނުން

އެސްޓީއޯ ޓްރޭނިންގ އިންސްޓިއުޝަން: ރޭޑިއޮގްރަފީ ބައިވެރިން ތަޖުރިބާ ހޯދުން

އެސްޓީއޯ ޓްރޭނިންގ އިންސްޓިއުޝަން އަކީ މުޖުތަމައަށް ބޭނުންވާ ފަންނުވެރިން މަދު ދައިރާތަކުން މީހުން ބިނާ ކުރުމަށް ހާއްސަކޮށްގެ ހިންގާ އިންސްޓިއުޝަނެކެވެ.ރޭޑިއޮގްރާފަރުންނަކީ ރާއްޖޭގައި ވަރަށް މަދު އެހެނަސް އިންތިހާއަށް ބެނުން ބައެކެވެ. އެކަން އެސްޓީއޯއަށް ފާހަގަކުރެވި އެންމެ ފުރަތަމަ ވެސް އިސްކަން ދިން އެއްކަމަކީ ރޭޑިއޯގްރަފީގެ ރޮގުން މީހުން ބިނާ ކުރުމެވެ.

އެސްޓީއޯ ޓްރޭނިންގ އިންސްޓިއުޝަނުން މީހުން ބިނާ ކުރުމުގައި އެ ދައިރާއެއްގެ މައުލޫމަތާ އަމަލީ ތަޖުރިބާ ބައިވެރިންނަށް ވީހާވެސް ފުޅާކޮށް ފޯރުކޮށް ދިނުމަކީ އެހާމެ އިސްކަންދޭ ކަމެކެވެ. އެގޮތުން އެސްޓީއޯ ޓްރޭނިންގ އިންސްޓިއުޝަނުގައި މިހާރު ހިންގަމުންދާ ރޭޑިއޯގްރަފީ ޑިޕްލޮމާ ކޯހުގެ ބައިވެރިންނަށް ވެސް އެފުރުސަތު ގެންދަނީ ހޯދާ ދެމުންނެވެ. ވީހާވެސް ފުޅާ ދާއިރާއެއްގައެވެ. އެއްތަނަށް ވުރެ ގިނަ ތަންތަނުންނެވެ.

އެސްޓީއޯ ޓްރޭނިންގ އިންސްޓިއުޝަނުގައި ހިންގަމުންދާ ރޭޑިއޮގްރަފީ ޑިޕްލޮމާ ކޯހުގެ ބައިވެރިންނަށް މައުލޫމާތާއި ތަޖުރިބާ ހޯދާ ދިނުމުގެ ސިލްސިލާއެއް ފަށައިގެން ކުރިއަށް މިހާރު އެބަގެން ދެއެވެ. މާލޭގެ ބައެއް ބޮޑެތި ހޮސްޕިޓަލް ތަކަށް ބައިވެރިން ޒިޔާރަތް ކުރުވައިގެންނެވެ.

ރޭޑިއޮގްރަޕީ ޑިޕްލޮމާ ކޯހުގެ ދަރިވަރުން ހުޅުމާލެ ހޮސްޕީޓަލަށް ޒިޔާރަތްކޮށް ރޭޑިއޮގްރަޕީގެ އާލާތްތަކާއި ރައްކާތެރިކަމުގެ މިންގަނޑުތައް ދެނެގަތެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ ރޭޑިއޯގްރަފީ ޑިޕަރޓްމަންޓަށް އެ ދަރިވަރުން ކުރި ޒިޔަރަތުގައި އެ ހޮސްޕިޓަލްގެ ރޭޑިއޮގްރަފީގެ ކަންކަމާއި ސަލާމަތީ މިންގަދުތައް ދަލާ ދަސްކުރިއެވެ.

ބައިވެރިން އައިޖީއެމްއެޗަށް ކުރި ޒިޔާރަތުން ވެސް ދެނެގަނެ ދަސްކުރީ ރޭޑިއޮލޮޖީ އާލަތްތަކާއި އެ ތަކެތި ބޭނުންކުރުގައި ރައްކާތެރިވަންޖެހޭ

ކަންކަމާއި ސަލާމަތީ މިންގަނޑުތަކެވެ.

އެސްޓީއޯ ޓްރޭނިންގ އިންސްޓިއުޝަނުގެ ރޭޑިއޮގްރަފީ ޑިޕްލޮމާ ކޯހުގެ ބައިވެރިންނަށް އެކުދިން ޒިޔާރަތްކުރި ހޮސްޕިޓަލްތަކުން ދިން އެއްބާރުލުމާއި އެހީތެރިކަމާއި މެހެމާންދާރީ އަށް އެސްޓީއޯއިން ހިފެހެއްޓުމެއްނެތި ޝުކުރު އަދާކުރެއެވެ.