ފެނަކަ: އައު އަހަރުގެ ތަހުނިޔާ

ބާއްޖަވެރި އަހަރެއްކަމުގައި ލެއްވުމަކީ ފެނަކައިގެ ދުއާ

ފެނަކަ: އައު އަހަރުގެ ތަހުނިޔާ

މީލާދީ އާ އަހަރުގެ އިހުލާސް ތެރި ތަހުނިޔާ އާއި ހެޔޮއެދުންތައް ފެނަކައިން ދިވެހިރާއްޖޭގެ ލޮބުވެތި ރައީސުލް ޖުމްހޫރިއްޔާއަށް އަރިސްކޮށްފިއެވެ. ހަމަ އެ އާއި އެކު ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ވެސް އައު އަހަރުގެ ތަހުނިޔާ ފެނަކަ ކޯޕަރޭޝަނުން ފޮނުވައެވެ.

2023 ވަނަ އަހަރަކީ ބާއްޖަވެރި އަހަރެއްކަމުގައި ލެއްވުމަކީ ފެނަކައިގެ ދުއާއެވެ. 

ފެނަކަ ކޯޕަރޭޝަނަކީ ކަރަންޓާ ފެނާ ނަރުދަމާގެ ހިދުމަތް ދިނުމަށް ސަރުކާރުން އުފައްދާ ހިންނަމުން އަންނަ ކުންފުންޏެކެވެ. ސްޓެލްކޯގެ އިހުތިސާސްގައި ހިމެނޭ ވ، އއ، އދ، ކ އަދި މަލެ ސިޓީ ފިޔަވާ އެހެން ހުރިހާ ސިޓީއަކާއި އަތޮޅު ތަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދެނީ ފެނަކައިންނެވެ.