ފެނަކަ މުއާޒު ރަޝީދަށް

ފެނަކަ މުއާޒު ރަޝީދަށް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މަޖިލީހުގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު އައްޔަންކޮށްފިއެވެ.

ފެނަކައަކީ ކޮރަޕްޝަންގެ ތުހުމަތު ވަރަށް ބޮޑަށް ކުރެވޭ ކުންފުންޏެކެވެ. އެކަން އެނގެނީ ކަމާއިބެހޭ ފަރާތްތަކުން އާއްމުކޮށްފައިވާ މައުލޫމާތުތަކުންނެވެ. 

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރަކަށް އައްޔަންކުރެއްވި މުއާޒަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެސިސްޓެންޓް ކެމްޕެއިން މެނޭޖަރު ވެސް މެއެވެ.

ފެނަކައިގެ ކޮރަޕްޝަން ބޮޑުވެފައިވާއިރު އެ ކުންފުނީގެ ދަރަނިވެސް ވަނީ 1.9 ބިލިއަން ރުފިޔާއަށް އަރާފައެވެ.