ކުޑައީދު މުބާރަކް!

އީދުގެ ތަހުނިޔާއާއި މުބާރަކްބާދު ލޮބުވެތި ދިވެހި ރައްޔިތުންނަށް

ކުޑައީދު މުބާރަކް!

ބަރަކާތްތެރި ފިތުރު އީދުގެ ތަހުނިޔާއާއި މުބާރަކްބާދު ލޮބުވެތި ދިވެހި ރައްޔިތުންނަށް ހީރަސް ނިއުސްއިން އަރިސް ފޮނުވަމެވެ. ކީރިތި މޫރިތި ރަމަޟާން މަހުން ލިބިގަތް ސަވާބާ ހެޔޮދަރުމައާއި ފިތުރުޒަކާތުގެ މަތިވެރި އަޅުކަމާ ވިދިގެން އައި އީދަކީ އުފާވެރި ބާއްޖަވެރި އީދެއްކަމުގައި މިންވަރު ކުރައްވާށިއެވެ. 

ފިތުރު އީދުގެ އިހުލާސްތެރި ތަހުނިޔާ ރާއްޖޭގެ ލޮބުވެތި ރައީސުލް ޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ސޯލިހާއި މެޑަމް ފަޒްނާ އަހުމަދަށް އަރިސްކުރަނީ ކާމިޔާބާއި ނަސްރަށް އެދެމުންނެވެ. ރާއްޖެއަކީ ސުލްހަމަސަލަސްކަން އޮތް ހަމަހަމަ ފުރުސަތުއޮތް އަސާސީ ހައްގުތައް ކަށަވަރު ރައްޔިތެއް ދިރިއުޅޭ ތަނަކަށް ހެއްދެވުމަށް ރެޔާއި ދުވާލު ކުރައްވަމުން ގެންދަވާ ކެތްތެރި ހިކްމަތްތެރި މަސައްކަތްޕުޅަށް ސާބިތުކަން ދެއްވާ ރައްޔިތުންގެ ހިދުމަތުގައި ލެހެއްޓެވުމަށް އިރާދަކުރައްވާ މިންވަރުކުރައްވަ ސަބަބުތައް ފުރިހަމަ ކުރައްވާށިއެވެ.

އުފާވެރި ކުޑަ އީދު ދުވަހުގެ އުފަލުގައި ދިވެހި ހުރިހާ ނޫސްވެރިންނަށާއި ނޫސް އެޖެންސީތަކަށް ހީރަސް ނިއުސް ޓީމުން އީދުތަހާނީ ފޮނުވަމެވެ. ނޫސްވެރިކަން ކުރިއަރުވާ ދެމެހެއްޓުމަށައި އަލަށް ދާއިރާއަށް ނިކުންނަ ފަރާތްތަކަށް ހިއްވަރާ މަދަދުދެއްވާ ހުރިހާ ފަރާތްތަކަށް ހީރަސް ނިއުސް ޓީމުން އީދުގެ ހެޔޮއެދުމާ ވެދުން އަރިސްކުރަމެވެ. 

ރާއްޖެއަކީ އިޖުތިމާއީ ހަމަޖެހުން އޮތް ސުލްހަވެރި އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި އަބަދުގެ އަބަދަށް ލައްވާށިއެވެ. އާމީން!