ފާތުންގެ ގާތްމީހުނަށް ފްލެޓްބަހާލީ މުއިއްޒު: ނިޔާޒު އިބްރާހީމް

ހައިސިއްޔަތެއް ނެތް މީހަކަށް ދައުލަތް ހަރާބު ކުރަން މުއިއްޒު ފުރުސަތުދިން

ފާތުންގެ ގާތްމީހުނަށް ފްލެޓްބަހާލީ މުއިއްޒު: ނިޔާޒު އިބްރާހީމް

ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމް ޑރ. މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް ޔާމީންގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމް ދެއްވި ލިސްޓަކަށް ނިކަމެތި ރައްޔިތުންގެ ސޯޝަލް ފްލެޓުތައް ބަހާލި ބޭފުޅަކު ރައްޔިތުންނަށް އިންސާފުވެރިވާނެ ކަމަށް ހީކުރުމަކީ މޮޔަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ދައުލަތުގެ އެއްވެސް ހައިސިއްޔަތެއް ނެތް މީހަކު މުޅި ދައުލަތުގެ ނިޒާމު ހަރާބު ކުރަން ފުރުސަތު ޑރ. މުއިއްޒު ދެއްވާފައިވާ ކަމަށް ނިޔާޒު ތުހުމަތު ކުރައްވައެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތައް ރައްޔިތުން ހޭދަ ކުރީ ހިޔާ ފްލެޓްތައް ހޯދުމަށް އެދި ހައުސިން މިނިސްޓްރީ ތެރޭގައިކަމަށް ނިޔާޒު ވިދާޅުވިއެވެ. އެކަމަކު ނިކަމެތި ރައްޔިތުންނަށް  ފްލެޓްނުދީ މެޑަމް ފަތުން ބުނި ގޮތަށް އެކަމަނާގެ އަރިސް މީހުންނަށް ސޯޝަލް ހައުސިން ޔުނިޓުތައް ބަހާލި ޑރ. މުއިއްޒުކަމަށް އޭނާ ވިދާޅުވިއެވެ. 

ނިކަމެތި ރައްޔިތުންނާ މެދު ރައްޔިތުންނާ ދޭތެރޭ އަދުލުވެރިވެ އިންސާފުވެރިވާނެ ކަމަށް ގަބޫލް ކުރުމަކީ މޮޔަ ކަމެއް ކަމަށް ނިޔަޒު ވިދާޅުވިއެވެ. ޕީޕީއެމް ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރި ހިޔާ ފްލެޓު މެޑަމް ފާޠުން ދިން ލިސްޓަށް ބަހާލެވުނީތީ ހިތާމަ ކުރާ ކަމަށް މުއިއްޒު ވިދާޅުވެފައި ވަކަމަށް އޭނާ ވިދާޅުވެއެވެ.

ނިޔާޒް އިބްރާހީމްއަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ އޮޑިޓްކުރައްވާ އޮޑީޓްރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވަވާ ރައްޔިތުންގެ ސަމާލުކަމަށް އެމައްސަލަ ގެނަސްދެއްވި އޮޑިޓަރ ޖެނެރަލެވެ. އެކަމާ ގުޅިގެން ގާނޫނަށް ގެނައި ބަދަލަކުން ރައީސް ޔާމީނުވަނީ އޮޑިޓަރ ޖެނެރަލް މަގާމުން ނިޔާޒް އިބްރާހީމް ވަކިކުރެއްވާފައެވެ. ރައީސް ޔާމީނު އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ފަޅާއަރުވާލި ބެންކް އޮފް މޯލްޑިވްސްގެ މެނޭޖަރ ގާސިމް އަބްދުލްކަރީމް ވެސް މަގާމުން ވަކިކޮށް ޖަލަށްލާ އަނިޔާވެރިވެފާވެއެވެ.