މާލޭސިޓީ ކައުންސިލާ ދެކޮޅަށް ސްޓެލްކޯ ކޯޓަށް
މާލޭސިޓީ ކައުންސިލުން ގާނޫނާއި ހިލާފަށް އަމަލުކުރަން ފަށާފައިވާ ދެ އުސޫލެއް ބާތިލް ކުރުމަށް
ގްރޭޓާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖެއްސުންކޮށް ލިބޭ ހިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި މާލޭސިޓީ ކައުންސިލުން ގާނޫނާއި ހިލާފަށް އަމަލުކުރަން ފަށާފައިވާ ދެ އުސޫލެއް ބާތިލް ކުރުމަށް މިކުންފުނިން މިއަދު ވާނީ ދުސްތޫރީ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފިއެވެ.
އަނެއް ކޮޅުން މި މައްސަލައާއިމެދު ވަކި ގޮތެއް ކަނޑައަޅާ ނިމެންދެން އެ ދެ އުސޫލަށް އަމަލު ކުރުން ފަސް ކުރުމުގެ ވަގުތީ އަމުރަކަށް ވެސް ހައިކޯޓުގައި ސްޓެލްކޯއިން ވާނީ އެދިފައެވެ.