ސްޓެލްކޯ ފުޅަނދު: މިނިވަން ދުވަސް ފާހަގަކުރުން

ސްޓެލްކޯ ފުޅަނދު: މިނިވަން ދުވަސް ފާހަގަކުރުން

އަހަރުތަކެއްގެ މެދު ކެނޑުމަކަށްފަހު ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މަލޭގައި ފުޅަނދު ބުރެއް ބާއްވައިފިއެވެ. މިނިވަން ދުވަހާ ގުޅިގެން ބޭއްވި ފުޅަނދު ބުރުގައި ސްޓެލްކޯ ބައިވެރިވެ ރައްޔިތުން ހިތްހަމަޖެހޭ ފަދަ، ހުށަހެޅުންތަކެއް ހުށަހަޅައި ދެވުނު ދެވުމަކީ ސްޓެލްކޯއަށް ލިބިގެންދިޔަ ވަރަށްވެސް ބޮޑު އުފަލެއްކަމަށް އެކުންފުނިން ބުނެއެވެ.

ސްޓެލްކޯއިން ތަންސީލުކުރި ފުޅަނދުތަކާއި، ކެރެކްޓާރސްތަކަށް ލިބިގެންދިޔަ ތަރުހީބާއި، ކުޑަ ކުދިންނާއި، ރައްޔިތުންގެ މޫނު މަތިން ފެނިގެންދިޔަ އުފާވެރިކަމާއި، ހިތްހަމަޖެހުމަކީ، ފަސްޖެހުމެއްނެތި މިފަދަ ކޮންމެ ކަމެއްގައި ބައިވެރިވުމަށް ލިބޭ ހިތްވަރެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި މިފަދަ ކަންކަމުގައި އެ ކުންފުނީގެ މުވައްޒަފުން ދައްކަވަމުންގެންދާ ނަމޫނާއަށް ފަހުރުވެރިވެ ޝުކުރު ވެސް ދަންނަވައެވެ.