ވަރަށް ހިތާމަވެރި ދުވަހެއް : ފައްޔާޒު

ވަރަށް ހިތާމަވެރި ދުވަހެއް : ފައްޔާޒު

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްްޑީޕީން ވަކިވުމަކީ ލިބުނު ހިތާމައެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް ވިދާޅުވީ މިއަދަކީ ވަރަށް ހިތާމަވެރި ދުވަހެއް ކަމަށެވެ. ނަމަވެސް، ރައީސް ނަޝީދުގެ އެ ނިންމުމާއެކު އެހެން ޕާޓީތަކަށް އެ ޕާޓީތަކުން ބޭނުންވާ މަގުން ދިއުމަށް މިއަދު ފާލެއް އެޅުނީ ކަމަށް ފަޔާ ދެކި ވަޑައިގަންނަވައެވެ..

ރައީސް ނަޝީދު އެމްޑީޕީގައި ހުންނަވައިގެން އެމްޑީޕީއަށް ލިބުނު ކާމިޔާބީ ތަކަށްޓަކައި ފައްޔާޒް ރައީސް ނަޝީދަށް ޝުކުރު ދެންނެވި އެވެ.

އެމްޑީޕީއާއި ފައްޔާޒުގެ ފަރާތްޕުޅުން ރައީސް ނަޝީދަށް ކާމިޔާބީއަށް ފައްޔާޒް އެދިވަޑައިގަންނަވައެވެ.

ރާއްޖޭގެ ކަންކަން މިހާރު ހިނގަމުންދާ ގޮތައް ބަލާއިރު އެމްޑީޕީގައި ރައީސް ނަޝީދު ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރައީސް ނަޝީދު ދެކިވަޑައި ގަންނަވައެވެ.