ސްޓެލްކޯ: އެމްޑީސް އެވޯޑް ފޯ އެކްސެލެންސް !

ސްޓެލްކޯ: އެމްޑީސް އެވޯޑް ފޯ އެކްސެލެންސް !

ސްޓެލްކޯގެ 26 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހޯމަ ދުވަހުގެ ރޭ ސްޓެލްކޯއިން ވަނީ ހާއްސަ ހަފްލާއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަފްލާ މިހާ ހާއްސަވެގެން ދިޔައެއް ސަބަބަކީ މިހަފްލާގައި ފާއިތުވެދިޔަ އަހަރު އެކުންފުނީގެ އެކި ދާއިރާތަކުގައި ފާހަގަކޮއްލެވޭ އާދަޔާހިލާފު މަސައްކަތްތަކެއް ކޮއްފައިވާ މުއައްޒަފުންގެ އަގު ވަޒަންކޮށް އެ މުއައްޒަފުންނަށް އެވޯޑް އެރުވިގެދި އުމުންނެވެ. އެގޮތުން ރޭގެ އެންމެ ހާއްސަ އެއްކަމަކީ ސްޓެލްކޯގެ ދެ ޖެނެރަލް މެނޭޖަރުން ކަމަށްވާ އަބްދުالله ނަޒީރާއި އަހުމަދު ސައިފަށް ޝަރަފުވެރި "އެމްޑީސް އެވޯޑް ފޯ އެކްސެލެންސް" ދިނުމެވެ.

ސްޓެލްކޯގެ ޖެނެރަލް މެނޭޖަރުންގެ ހައިސިއްޔަތުން އަބްދުالله ނަޒީރާއި އަހުމަދު ސައިފް ވަނީ ލީޑަރޝިޕްގެ އާދަޔާ ހިލާފު ނަމޫނާތަކެއް ދައްކައި، ކުންފުނީގެ ކުރިއެރުމާއި ކާމިޔާބީއަށް ސާފު ތަސައްވުރެއް ދައްކަވައިފަ އެވެ. އަބްދުالله ނަޒީރާއި އަހުމަދު ސައިފްގެ އިރުޝާދުގެ ދަށުން ސްޓެލްކޯ އިން ވަނީ އޮޕަރޭޝަނަލް އެފިޝަންސީ އާއި އުފެއްދުންތެރިކަމުގެ ރޮނގުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ.

 މި ދެބޭފުޅުންނަށް "އެމްޑީސް އެވޯޑް ފޯ އެކްސެލެންސް" ލިބިފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަރީފް ގެ އަތުންނެވެ. މި ހަފްލާގައި ސްޓެލްކޯގެ ކުރިއެރުމާއި ކާމިޔާބީތަކުގައި މި ދެބޭފުޅުންގެ ރޯލް ފާހަގަކޮށް ސްޓެލްކޯގެ އެންމެހާ ބޯޑް މެމްބަރުންނާއި، އިސްވެރިން އަދި އެންމެހާ މުވައްޒަފުންގެ ނަމުގައި މި ދެބޭފުޅުންނަށް ހާއްސަ މަރުހަބާއަކާއި ޝުކުރު އަދާކޮއްފައިވެއެވެ.