ސްޓެލްކޯ ކަސްޓަމަރސާވިސް ޓްރެއިނިންގ ޕްރޮގްރާމް
ހުސްވި ހަފްތާ ބަންދުގައި އދ. އަތޮޅުގައި ސްޓެލްކޯ މުވައްޒަފުންނަށް ހިންގި ކަސްޓަމަރސާވިސް ޓްރެއިނިންގ ޕްރޮގްރާމެއް
ފެންވަރު ހުރި ރަގަޅު ހިދުމަތް ފޯރުކޮށް ދިނުމަކީ ކަސްޓަމަރުންގެ އިތުބާރު އިތުރުވެ ދެވޭ ހިދުމަތަށް ކަސްޓަމަރުންގެ ޔަގީންކަން ބޮޑުވެގެން ދާނޭ ކަމެކެވެ. އަގުހެޔޮ ލުއިފަސޭ ހަ ހިދުމަތަކަށް ދެވޭ ހިދުމަތް ހެދުމަށްޓަކައި ކުރެވޭ މަސައްކަތާ އެއްވަރަށް ހިދުމަތް ފޯރުކޮށްދޭން ތިބޭ މުއައްޒަފުންނަކީ ކަސްޓަމަރުންނާ ރަހުމަތްތެރި ހިތްހެޔޮ ހިއްތިރި އޯގާތެރި ބަޔަކަށް ވާންޖެހެއެވެ.
ހިދުމަތް ދިނުމުގައި ހިންގުން ހަރުދަނާކޮށް ތަސައްވުރަށް ވާސިލުވުމުގައި މުއައްޒަފުންގެ ދައުރު ބޮޑެވެ. އެންމެ ކުދިކުދި ކަންކަމުން ފެށީގެން އެންމެ ބޮޑެތި ކަންކަން ކުރުމުގައި މުއައްޒަފުންނަކީ އުފެއްދުންތެރި ރަހުމަތްތެރި ހަލުވި ބަދަހި ގުޅުމެއްގެ ވެރި ބަޔަކަށް ވާންޖެހެއެވެ. އިސްވެ ދެންނެވި އަމާޒަށް ވާސިލު ވެވޭނީ ހަމަ ހުރެފައެއް ނޫނެވެ. މީހުން މީހުނަށް ހަދައިގެނެވެ. މީހުން މީހުނަށް ހެދުމުގައި ސްޓެލްކޯއަކީ ނަމުނާ ކުންފުންޏެކެވެ.
މެނޭޖިންގ ޑީރެކްޓަރ އަހުމަދު ޝަރީފް އަމާޒު ހިއްޕަވަފައި ވަނީ ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ހެޔޮކަން ސްޓެލްކޯއިން ދެވޭ ހިދުމަތުން ވެސް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށެވެ. ހިދުމަތަށް ނެގޭ އަގުން ރައްޔިތުންގެ ޖީބުތަކަށް ލުއިކޮށް ދީގެން ކޮންމެ މިހަކަށްމެ ބޭނުންވާ މިންވަރަށް ހިދުމަތް ދިނުމަށެވެ. ހިދުމަތުގައި ތިބޭ މުއައްޒަފުންގެ އޯގާތެރިކަމާއި ކަސްޓަމަރ ކެއާރއިން ރައްޔިތުން ހިނިތުން ކުރުވުމަށެވެ.
އަތޮޅުތެރޭ އިންޖީނުގެ ތަކުގެ ހިންގުން މިހާރަށް ވުރެވެސް އިތުރަށް ރަނގަޅު ކުރުމަށް ކުރެވެން ހުރި ކަންކަން މެދުނުކެނޑި އެ ކުންފުނިން ކުރެއެވެ. ކަސްޓަމަރުންނާއި އޮންނަ ގުޅުން ބަދަހިކުރުމަށް ކުރެވޭ މަސައްކަތް ހުއްޓުމެއް ނެތި ސްޓެލްކޯއިން ކުރެއެވެ. މުއާމަލާތް ކުރުމުގައި ގެންގުޅޭނެ ހަރުދަނާ އުސޫލުތަކަށް މުއައްޒަފުން އަހުލުވެރި ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ކުރުމުގައި އިހުތިސާސްގައި ހިމެނޭ ވަކިރަށެއް ވަކިތަނެއް ތަފާތެއް ނުކުރެއެވެ.
ނިމިދިޔަ ހަފްތާ ބަންދުގައި އދ. އަތޮޅުގެ ސްޓެލްކޯ މުވައްޒަފުންނަށް ކަސްޓަމަރސާވިސް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގީ ވެސް އެ އަމާޒަށް ވާސިލު ވުމަށެވެ. އދ. އަތޮޅުގައި ހިންގި ކަސްޓަމަރސާވިސް ޓްރެއިނިންގ ޕްރޮގްރާމްގެ ސަބަބުން ސްޓެލްކޯ މުވައްޒަފުން ކަސްޓަމާރ ސާވިސްއަށް ކުރިއަށް ވުރެ އަހުލުވެރިވެ އެ ތަންތަނުން ދެވޭ ހިދުމަތުގެ ފެންވަރު މަތިވެ ހިންގުން އިތުރަށް ހަރުދަނާ ވެގެން ދާނެއެވެ.