އެސްޓީއޯ އިންޓަރނޭޝަނަލް ޓްރޭޑަށް

އެސްޓީއޯ ދުނިޔޭގެ ބާޒާރަށް ނިކުތީ ދިވެހި އުފެއްދުން ތަކަށް ދުނިޔޭގައި ބާޒާރު ހޯދަން

އެސްޓީއޯ އިންޓަރނޭޝަނަލް ޓްރޭޑަށް

އެސްޓީއޯ އިންޓަރނޭޝަނަލް ޓްރޭޑަށް ވަނުމަކީ ރާއްޖޭގެ އިގްތިސާދަށް ވަރަށް މުހިއްމު ކަމެކެވެ. އެކަމުގެ ސަބަބުން ދިވެހިންގެ އުފެއްދުންތައް ރާއްޖެއިން ބޭރުގައި ވިއްކޭނެ މަގު ފަހިވެގެން ދާނެއެވެ.

ގަލްފް ފުޑް އެކްސްޕޯގައި ގާއިމްކުރި އެސްޓީއޯގެ ސްޓޯލްއަކީ ދިވެހި ބައެއް އުފެއްދުންތައް ދައްކާލާ ދިވެހިން އުފައްދާ ތަކެތި ރާއްޖެއިން ބޭރުގައި ވިއްކޭނެ މަގު ފަހިވެގެން ދިޔަކަމެކެވެ. އެސްޓީއޯ ދުނިޔޭގެ ބާޒާރަށް ނިކުތުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ދިވެހި އުފެއްދުން ތަކަށް ބޭރު ދުނިޔޭގައި ބާޒާރު ހޯދުމެވެ.

އެސްޓީއޯއިން ގަލްފް ފުޑް އެކްސްޕޯގައި ބައިވެރިވެ  ޗޮއިސް ބްރޭންޑްގެ ކޮންޑެންސް މިލްކް އާއި ޗޮއިސް ކަޕްނޫޑްލް އާއި ޗޮއިސް ބާސްމަތީ ހަނޑުލާއި ޗޮއިސް ސަންފްލާވަރ އާއި ޗޮއިސް ވެޖިޓަބްލް އޮއިލްގެ އިތުރުން މިފްކޯގެ މަހުގެ އެކި އުފެއްދުންތައް ދުނިޔޭގެ ބާޒާރަށް ވަނީ ތައާރަފްކޮށްފައެވެ.

ފެބްރުއަރީ މަހުގެ 20 އިން 24 އަށް ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށްދިޔަ ގަލްފް ފުޑް އެކްސްޕޯގައި އެސްޓީއޯ ބައިވެރިވުމުގެ މަގުސަދަކީ އެސްޓީއޯއާއި މިފްކޯއިން ވިއްކާ ބްރޭންޑް ތަކަށް ބައިނަލްއަގްވާމީ ބާޒާރުގައި ފުރުސަތުތައް އިތުރުކުރުމެވެ. މިފެއަރގައި 125 ގައުމަކުން 5000 އަށްވުރެ ގިނަ ކުންފުނި ބައިވެރިވިއެވެ.