އަނެއްކާވެސް ދައުރުވަނީ ފޭކް މެސެޖްތަކެއް: ފެނަކަ

ފެނަކައިގެ އަގު ވައްޓާލަން ހިންގާ ނާތާހުޒީބު އަމަލެއް

އަނެއްކާވެސް ދައުރުވަނީ ފޭކް މެސެޖްތަކެއް: ފެނަކަ

ފެނަކަ ނަމުގައި ދައުރުކުރަމުންދާ މެސެޖްތަކަކީ އެއްވެސް ހަގީގަތެއް ނެތް މެސެޖުތަކެކެވެ.

ފެނަކަ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުޙައްމަދުގެ ނަމުގައި އެކި މީހުންނަށް ވަޒީފާ ހުށަހަޅަމުން އަންނަ މެސެޖުތަކެއް އަންނަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މިއަދު ކުރެއްވީ ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އެ މެސެޖުތަކަކީ އެއްވެސް ހަގީގަތެއް ނެތި ފެނަކައިގެ އަގު ވައްޓާލަން ހިންގާ ނާތާހުޒީބު ފިނޑި އަމަލެކެވެ. 

"އަޅުގަނޑާ ފެނަކަ ނަން ބޭނުންކޮށްގެން ދައުރުކުރަމުންދާ މެސެޖުތަކަކީ އެއްވެސް ހަގީގަތެއް ނެތް އަޅުގަނޑުގެ އަބުރުކަތިލުމަށް އަދި ފެނަކައިގެ އަގު ވައްޓާލުމަށް ހިންގާ ނާތަހުޒީބު ފިނޑި އަމަލެއް" -ފެނަކަ އެމްޑީ އަހުމަދު ސައީދު

އެމްޑީ ސައީދު ވަނީ އެފަދަ އެއްވެސް މުއާމަލާތެއް ނުހިންގާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

ފެނަކަ ނަމުގައި ފޭކް މެސެޖްތަކެއް މީގެ ކުރިންވެސް ދައުރުކޮށްފައިވެއެވެ. އެފަހަރުވެސް ފެނަކައިން ވަނީ އެފަދަ މެސެޖުތަކަށް އާއްމުން ސަމާލުވުމަށް ގެނެސްފައެވެ.