މަސްކިލޯއެއް 20 ރުފިޔާއަށްވުރެ ދަށެއް ނުވާނެ!

ކަންކުރަނީ ހުސްގޮނޑި ދައްކައިގެން ވެރިކަމަށް އެރި ގޮތަށް

މަސްކިލޯއެއް 20 ރުފިޔާއަށްވުރެ ދަށެއް ނުވާނެ!

ކުރީގެ ސަރުކާރުން ރޯމަސް ކިލޯއެއް -/25 ރުފިޔާއަށް ގަންނަމުން ދަނިކޮށް އެއަށްވުރެ ރަނގަޅަށް މަސްވެރިންނަށް ކަން ކޮށްދޭން އައި މުއިއްޒު ސަރުކާރުން މަސްވެރިންނަށް މިހާތަނަށް ސަރުކާރަކުން ކޮށްދޭ އެންމެ ރަނގަޅު ކަންތައް ކުރަން ނިންމައިފިއެވެ. އެއީ މަސްކިލޯ އަކުން 5 ރުފިޔާ އަށްވުރެ ބޮޑަށް އަގު ކުޑަ ނުކުރާނެކަމުގެ ޔަގީންކަން ދިނުމެވެ. 

މަސްވެރިންގެ ހަތަރެސްފައި ބުރިކުރަން ސަރުކާރުން ނިންމާފައި ހަމަ އެކަނި އެއްފައި ކަނޑާ ގޮތަށް އެނިންމުން ފަހުން ބަދަލު ކުރިޔަސް ވާނީ ސަރުކާރުން މަސްވެރިންނަށް ކޮށްދިން ވަރަށް ބޮޑު ހެޔޮކަމަކަށް ތާއެވެ.!  

20 ރުފިޔާއަށް ވުރެ އަގުދަށް ނުކުރާނެ ކަމަށް ތިޔަދޭ ޔަގީން ކަމަކީ މަސްކިލޯއަކުން 5 ރުފިޔާ ސަރުކާރުން ދަމައިގަންނާނެ ކަމުގެ ޔަގީން ކަމެވެ. ތިޔަ ދިނީ މަސް ގަންނަ އަގު ކުޑަކޮށް މަސްވެރިންނަށް ލިބޭ އާމްދަނީ މަދުކުރާނެ ކަމުގެ ޔަގީން ކަމެވެ.

ހަދާ ކޮންމެ ހީލަތަކާ މަކަރަކަށް ރީތި ނަމެއްދީގެން ރައީސް ނިންމަވައިފިއޭ، ރައީސް ޔަގީންކަން ދެއްވައިފިއޭ ކިޔަސް އާޚިރުގައި ރައްޔިތުންނަށް ތިޔަ ދެނީ ގެއްލުމެވެ. ކަންކުރަނީ ހުސްގޮނޑި ދައްކައިގެން ވެރިކަމަށް އެރި ގޮތަށެވެ.