މަސްބިލުން ތެލަށް ކެނޑުން މާޒީގެ ތެރެއަށް
މަސްވެރިންނަށް ސަބްސިޑަރީ ރޭޓެއްގައި ކްރެޑިޓަށް ތެޔޮ ފޯރުކޮށް ދިނުމަށް "ފަހި ހަކަތަ"
މަސްވެރިންނަށް ހަމަ އަގު ހޯދާ ދިނުމަށް ގެނެވޭ ހެޔޮ ބަދަލުގެ ތެރެއިން ކިރުވާ މަހަށް ލިބެންޖެހޭ ފައިސާ އަޅާ ކެނޑުމެއް ނެތި ހަމަޔަށް ލިބޭނެ އިންތިޒާމް ވެގެން ދިޔުމަކީ މަސްވެރިންނަށް ވަރަށް ބޮޑު ލުޔެކެވެ. މީގެ ކުރިން މަސްވެރިން މިފްކޯއަށް ކިރުވާ މަހަށް ފައިސާ ލިބެނީ ތެލަށް ކަނޑާފައެވެ. ތެލަށް ނުކަނޑާ މަސްވެރިންނަށް ކިރާ މަހުގެ ފައިސާ ލިބިގެންދާ ގޮތަށް މިފްކޯއަށް މަސްގަތުމުގެ އޮޕަރޭޝަނަށް ހެޔޮ ބަދަލެއް ގެނައުމަކީ މަސްވެރިންނަށް ލިބިގެން ދިޔަ ބޮޑު ލުޔެކެވެ.
މިފްކޯއާއި އެފްއެސްއެމްއާއި ގުޅިގެން މި ގެނެވުނު ހެޔޮ ބަދަލަކީ މަސްވެރިންނަށް މަންފާ ކުރަނިވި އިންގިލާބީ ބަދަލެކެވެ. ޒަމާނުއްސުރެ ކިރުވާ މަހަށް މަސްވެރިންނަށް ފައިސާ ލިބެނީ ތެޔޮ ބިލަށް ކެނޑުމަށް ފަހު ބަކީ އޮންނަ އެއްޗެކެވެ. ތެލަށް ކެނޑުމަށް ފަހު ހުސްއަތާ ދާން ޖެހޭ ފަހަރު ވެސް މަސްވެރިންނަށް އައެވެ.
މިފްކޯއާއި އެފްއެސްއެމްއާއި ދެމެދު ވެވުނު އެއްބަސް ވުމެއްގެ ދަށުން ކްރެޑިޓް ސްކީމެއްގެ ތެރެއިން މަސްވެރިންނަށް އެފްއެސްއެމުން ސަބްސިޑަރީ އަގަކަށް ތެޔޮ ފޯރުކޮށްދެމުން ދާނެއެވެ. މަސްވެރިންނަށް ސަބްސިޑަރީ ރޭޓެއްގައި ކްރެޑިޓަށް ތެޔޮ ފޯރުކޮށް ދިނުމަށް "ފަހި ހަކަތަ" ނަމުގައި ހާއްސަ ޕްރޮގްރާމެއް އެފްއެސްއެމުން ވަނީ ތައާރަފް ކޮށްފައެވެ.
"ފަހި ހަކަތަ" ޕްރޮގްރާމްގައި ބައިވެރިވެ ރަޖިސްޓްރީވާ ކޮންމެ މަސްވެރި އުނޅަދަކަށް ވެސް ސަބްސިޑަރީ ރޭޓެއްގައި އެފްއެސްއެމުން ތެޔޮ ފޯރު ކޮށްދޭނެއެވެ. "ފަހި ހަކަތަ" ކްރެޑިޓް ފެސިލިޓީ ބިނާވެގެން ދާނީ އެފްއެސްއެމް، މިފްކޯ އަދި އޮޑި ވެރިއާ އާއި ދެމެދު ހެދޭ ޓްރައި ޕާޓީ އެގްރީމަންޓެއްގެ މައްޗަށެވެ.
ފިއުލް އޮޕަރޭޝަންތައް ފުރިހަމައަށް އެފްއެސްއެމްއާއި ހަވާލުވެ ހިނގައި ގަތުމުން މަސްވެރިން ފިއުލް ބިލް ދެއްކުމަށް ހަމަޖެހިފައި ވާނީ ސީދާ އެފްއެސްއެމްއަށެވެ. މަސްވެރިން ބާނާ މަސްގަތުމާއި މަސްވެރިންނަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ އޮޕަރޭޝަނަށް މިގެނެވޭ އިސްލާހީ ބަދަލާ ގުޅިގެން މަސްވެރިންނަށް އެ ފަރާތްތަކުން ބާނާ މާހުގެ ޖުމްލަ ފައިސާ ތެލަށް ނުކަނޑާ ލިބިގެންދާނެއެވެ.
އެސްޓީއޯގެ ހިދުމަތްތައް ޒަމާނީ ފެންވަރުގައި ލުއިފަސޭހަ ކަމާއެކު ދިނުމަށް މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ގެ ދުރު ވިސްނުންފުޅުގެ ދަށުން ސިސްޓަރ ކުންފުނިތަކުގެ ދައުރު ފުޅާކޮށް ހިންގުން ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ގޮތްގޮތަށް އިންތިޒާމު ވަމުން ދާދިޔުމަކީ ބޮޑު ކާމިޔާބެކެވެ.