ސަރުކާރުން އަލީ ސޯލިހު ވަކިވާނީތަ ނޫނީ ވަކިކުރާނީތަ!

ސަރުކާރުގައި ތިބެ ޖުމްހޫރީން އެޅި މޮޅުގެ ވާހަކަ އަލީ ސާލިހަށް ދައްކަލަން ކެރޭނެބާ!

ސަރުކާރުން އަލީ ސޯލިހު ވަކިވާނީތަ ނޫނީ ވަކިކުރާނީތަ!

ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސާލިހު މިހާރުން މިހާރަށް ސަރުކަރުން ވަކި ކުރަންޖެހެއެވެ. ރައީސުލްޖުމްހޫރިއްޔާއާއި ވާދަކުރާ ކެންޑިޑޭޓް ލީޑަރުކަން ކުރާ ޕާޓީގެ ރަސްމީ ސްޕޯކްސް ޕާސަން ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ތަންފީޒުކުރާ މަގާމެއްގައި ގާނޫނު އަސާސީގެ 115ގެ ދަށުން ނުހުރެވޭނެއެވެ. ވާދަވެރިއެއްގެ ފަހަތަށް އަރާ އޭނާ ވިއްކަން އުޅޭނީ ރައީސްގެ ސިޔާސަތު ކަމު ނުދާތީއެވެ. 

ރައީސްގެ ސިޔާސަތު ތަންފީޒު ކުރަން ތިބެންޖެހޭނީ ތަންފީޒު ކުރާ ސިޔާސަތު ކަމުދާ ބައެކެވެ. އެހެން ގޮތަކަށް އުޅެންވާނީ އުޅޭގޮތް ދޫކޮށްލާފައެވެ. އެމްޑީޕީއާއި އެކު ޖުމްހޫރީން ކޯޅިޝަން ހެދީ ރައީސްގެ ސަރުކާރު ނަގަހައްޓާ ދަމަހައްޓާށެވެ. ސަރުކާރުގައި ތިބެ ސަރުކާރާ ވާދަ ކުރާކަށް ނޫނެވެ. 

ޖުމްހޫރީ ޕާޓީއަށް ކްރެޑިޓް ނުދީ ރައީސް ސާލިހުގެ މޮޅުކަމާއި މި ސަރުކާރުގެ ކާމިޔާބީތަކާއި ސަރުކާރުގައި ތިބެ ޖުމްހޫރީން އެޅި މޮޅުގެ ވާހަކަ އަލީ ސާލިހަށް ދައްކާލަން ކެރޭނެ ބާވައެވެ. ކެރެންޏާ ދައްކާލަން ފަށާބަލާށެވެ. ކިހާ ދުވަހަކު ޖުމްހޫރީ ސްޕޯކްސް ޕާސަނަކަށް ހުރެވޭތޯ ބަލަން ތިބޭނަމެވެ. ނުހުރެވޭނެއެވެ. ނުބަހައްޓާނެއެވެ. ވާދަވެރި ހާލަތުގައި ބަހައްޓައިގެންވެސް ނުވާނެއެވެ. 

ގޮތެއް އަދަބެއް ސަދަބެއް ހުރިނަމަ ކުޑަވެގެން ޑރ. މައުސޫމު އެކޮށްލެއްވި ވަރުވެސް ކޮށްނުލާ ސަރުކާރުގެ ސިޔާސީ މަގާމެއްގައި ނުތިބޭނެއެވެ. ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވަނީ ދިވެހި ދައުލަތާ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ، ރިޔާސީ ދެވަނަ ދައުރެއް ރައީސުލްޖުމްހޫރިއްޔާއަށް ދެއްވުންކަމަށެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަމުގައި ހުންނެވި ޑރ. މައުސޫމް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވާކަން ހާމަކުރެއްވީ ފިސާރި ކެރިވަޑައިގެން ހުންނަވައެވެ.

މިނިސްޓަރ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޞާލިހަށް ދެވަނަ ދައުރެއް ލިބުމަކީ ރާއްޖެއަށާއި، ރައްޔިތުންނަށް އަދި މުޅި ދިވެހި ދައުލަތަށްވެސް އެންމެ ފައިދާބޮޑު ގޮތްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެއްވެސް ޝަރުތަކާއި ނުލައި ތާއިދުކޮށް، ރައީސް ޞާލިޙަށް ބައިއަތު ހިފާފައިވާ ކަމަށެވެ. 

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމުމާއި ގުޅިގެން ޖޭޕީގެ ސްލޮޓްގައި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުން އަންނަނީ ރައީސް ޞާލިޙަށް ތާއީދު ކުރައްވަމުންނެވެ. ރައީސް ސާލިހަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާކަން މައުސޫމް ވެސް ހާމަކުރައްވާފައިވެއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހާއި ޗައިނާ އެންބަސީގެ ޑެޕިއުޓީ އެމްބަސެޑަރ ސޮބާހު ރަޝީދާއި އާޓްސް މިނިސްޓްރީގެ ނައިބު ވަލީދާގެ އިތުރުންވެސް ގިނަ ބޭފުޅުން ތަކެއް ޖުމްހުރީ ޕާޓީން ވަކިވެ ވަޑައިގެން ރައީސް ސާލިހަށް ބައިއަތު ހިއްޕަވައިފިއެވެ. އެބޭބޭފުޅުންނާއެކު އެބޭފުޅުންގެ އާއިލަތަކާއި ރަހުމަތްތެރިންނާއި ފޭނުން ބައިބަޔަށް ރައީސް ސޯލިހަށް ދެވަނަ ދައުރު ހޯއްދަވަ ދެއްވުމުގެ މަސައްކަތްޕުޅު ވަނީ ފައްޓަވާފައެވެ.

ރައީސް ސާލިހުގެ ކެބިނެޓްގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ ލީޑަރ ގެ އަނބިކަބަލުން އައިޝާއާއި އަރިސް ދަރިވަރު ޑރ. ހުސައިން ހައްދަވަން އުޅުއްވާ ގޮތެއް ސާފެއް ނޫނެވެ.