މީޑިއާތަކަށް ސްޓެލްކޯއިން ހާއްސަ މައުލޫމާތު ސެޝަނެއް
ކަރަންޓު ބިލްތަކަށް އަންނަ ބަދަލުތަކުގެ މައުލޫމާތު މީޑިއާއަށް ސާފުކޮށް ދިން
ކަސްޓަމަރުންނާއި ހަމަޔަށް ސްޓެލްކޯގެ މައުލޫމާތު އޭގެ އެންމެ ފުރިހަމަ އަދި ސައްހަ ގޮތުގައި ފޯރުވައިދިނުމަށް ނޫސްވެރިން އަހުލުވެރި ކުރުވުމަށް މީޑިއާތަކަށް ސްޓެލްކޯއިން ވަރަށް ހާއްސަ މައުލޫމާތު ސެޝަނެއް ބާއްވައިފިއެވެ. އެ ސެޝަން އޮތީ ސްޓެލްކޯ މާލަމުގައި އިއްޔެ މެންދުރު ފަހެވެ.
ފަންނީ ބޭފުޅުން މެދުވެރިކޮށް މީޑިއާތަކަށް ސްޓެލްކޯއިން މައުލޫމާތު ފޯރިކޮށްދިން ކަންކަމުގެ ތެރޭގައި ގިނަ ކަންތައްތަކެއް ހިމެނެއެވެ. މޫސުމާއިއެކު ކަރަންޓު ބިލްތަކަށް އަންނަ ބަދަލުތަކުގެ މައުލޫމާތު މީޑިއާއަށް ވަރަށް ރަނގަޅަށް ސާފުކޮށް ދިނެވެ.
ޕީކް ޓްރެންޑްގެ އިތުރަށް އެ ކުންފުނީގެ ބިލިންގ ޕްރޮސެސް އޮންނަ ގޮތް ވެސް އޮޅުން ފިލުވާ ދިނެވެ. ސްޓެލްކޯގެ ހިދުމަތާ ގުޅުންހުރި އެނޫންވެސް ކަންކަމާއި ސްޓެލްކޯއާއި ގުޅުންހުރި އެތައް މައުލޫމާތެއް އެކަމުގެ ފަންނީ ބޭފުޅުން މެދުވެރިކޮށް ފޯރުކޮށްދިނެވެ.