ކޮންމެ ދެމަފިރިއަކަށް އެއަރޕޯޓެއް

އަނގައިން ނުކުރާ ކަމެއްނެތް.

ކޮންމެ ދެމަފިރިއަކަށް އެއަރޕޯޓެއް

ރާއްޖެއަށް މާލީ އެއްވެސް ދަތިކަމެއް ނެތެވެ. ބޯކޮށް ޑޮލަރު ވަދެއެވެ. ދައުލަތުގެ ހަޒާނާ ފުރިބާރުވެގެން ބަންޑުން ވަނީއެވެ. ދިވެހިންގެ ރާއްޖޭގައި ފިކުރެއް ހިޔާލެއްނެތެވެ. އެންމެން ތިބީ އުފަލުން ލަވަކިޔާލަ ކިޔާލައެވެ. ދިވެހިންގެ ރާއްޖޭގައި ފިކުރެއް ހިޔާލެއްނެތެވެ. 

އެހެން ނޫވާނީ ކީއްވެހެއްޔެވެ. ދިވެހީންގެ ރާއްޖެއަކީ ހަޔާތުގެ ފިކުރު ނެއްތަނެކެވެ. ބެންކޮކާއި ދުބާއީން އެންމެނަށް ޝަރުތެއް ނެތި ހިލޭ ބޭސް ކުރެވެއެވެ. ވައިގެ ތެރޭގައި އެއަރ އެންބިއުލާންސްތައް ކޮޅުކޮޅަށް ކުރުކާލި ކަނޑަނީއެވެ. އިންފްލޭޝަން ޒީރޯގައެވެ. ބޭނުން ވަރަކަށް ޑޮލަރު ލިބެއެވެ. ކަރަންޓާއި ފެނާ ލިބޭނީ ހިލެއެވެ. ބޯހިޔާވަހިކަމަށް ސަލާން ޖެހުން ހަތިމު ވެއްޖެއެވެ. 

ދައްކަންޖެހޭ އެތެރޭގެ ދަރަންޏެއް ބޭރުގެ ދަރަންޏެއް ނެތެވެ. ލާރި ނުލިބިގެން މަސްވެރިއަކު ކުކުރާވނުލައެވެ. ހުރިހާ ރަށެއްގައި ވެސް އެންމެ ފަހުގެ ސިއްހީ ހިދުމަތާއި ބޭސް ލިބުމަކަށް ކުޑަވެސް އުދަނގުލެއް ނެތެވެ. ޔުނިވަރސިޓީ ތައުލީމު އެކުއްޖަކު ހުރިތާކުން އެކުއްޖަކަށް ލިބެއެވެ. ޒުވާނުން ފަންނިއްޔާތުގެ ރޮނގުތަކުން ކުރިއަރާ ގޮސް ހޯދާ ނުފެނެއެވެ. ހަށިހެޔޮ ދުޅަހެޔޮ ރައްޔިތެކެވެ. އަމިއްލަ ކަންތައް އަމިއްލައަށް ފުއްދައިގެން އުޅޭ ފޯރުންތެރި ރައްޔިތެކެވެ، 

ކުށުން ހުސްވެފައިވާ މުޖުތަމައެކެވެ. އިގްތިސޯދީ ސަރަހައްދާއި ބޯޑަރު ބެލެހެއްޓުމުގެ މޮޅު ކަމުން އެހެން ބަޔަކަށް ކުޑަ ބޭރުވެސް އަރާނުލެވެއެވެ. ބޭރުންގެނެވޭ ބޭރުތަކެއްޗަށް ރޭރުނުވެ އުޅޭ އުފެއްދުންތެރި ކަމެވެ. އެއް ހިޔާލެއްގެ އެއް ވިސްނުމެއްގެ އެއްބައެއް ވަންތަ ގައުމިއްޔަތެއްގެ ވެރި ބައެކެވެ. 

ވަނީ އެހެންތާއެވެ. ދިވެހީންގެ ރައީސް އަނގައިން ނުކުރާ ކަމެއްނެތެވެ. ބަޖެޓްގައި ނެތިގެން ނުކުރެވެނީ ރަށްރަށުގައި ފަށާފައިވާ މަސައްކަތް ތަކެވެ. ބަޖެޓް ނެތަސް ކަނޑު އަޑީގާ އަންޑަވޯޓަރ ޓަނަލް އެޅެއެވެ. ނިމި ދޭން ނިންމާފައިވާ ގޯތިތަކާއި ފްލެޓްތައް ނުދެވުނަސް ފުށިދިއްގަރުފަޅު ހިއްކާ ސާޅީސް ފަންސާސް ގޯތި ދެވެއެވެ.. އާރުޓީއެލް ފެރީ ނިޒާމު ނުހިންގުނަސް އަރާ ކޮންމެ ރަށެއްގައި އެއަރޕޯޓް އަޅައެވެ. މިވަރުން ދަންޏާ ކޮންމެ ދެމަފިރި އަކަށް އެއަރޕޯޓެއް އަނގައިން އަޅާ ދޭނެއެވެ.