ރަޢީސް މަޝްވަރާގެ މޭޒަށް ވަޑައިގަންނަވާ: އަލީ ހުސައިން

ރަޢީސް މަޝްވަރާގެ މޭޒަށް ވަޑައިގަންނަވާ: އަލީ ހުސައިން

އިއްޔެ ނިމިގެންދިޔަ ހިޔާލު ހޯދުމުގެ ނަތީޖާއަށް ފަހު ގައުމުގެ މިސްރާބު ބަދަލުކުރަން ޖެހިފައިވާ މިދަނޑިވަޅުގައި މަޝްވަރާގެ މޭޒަށް އައުމަށް ރައީސް މުއިއްޒަށް މަޝްހޫރު ގާނޫނީ ވަކީލް އަލީބހުސައިން ގޮވާލައްވައިފިއެވެ.

އަލީ ހުސައިން ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ހަނގުރާމައިގެ މި ވަގުތުގައި ގައުމުގެ މިސްރާބު ބަދަލުކޮށް، ދައުލަތުގެ ހިންގުން ހަމަ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓު މިނިވަންކޮށް މަޝްވަރާގެ މޭޒުދޮށަށް ވަޑައިގެންނެވުމަށް ރޖ އަށް ގޮވާލަން" ކަމަށެވެ. 

ހުރިހާ ސިޔާސީ ޕާޓީތަކާއި ވިޔަފާރިވެރިންނާއި ކުރީގެ ރައީސުންނާއި އިލްމީ ފަންނީ މިހުންނާއެކު މަޝްވަރާކޮށް އަވަސް ފިޔަވަޅުތަކެއް އެޅިމުގެ މުހިންމުކަން މިވަގުތު ވަރަށް ބޮޑެވެ.