ޑިމޮކްރެޓުންގެ ރެއިންބޯ ހައްގު
ނަޝީދު އެލްޖީބީޓީ އަށް ތާއީދު ކުރާކަމުގެ ހެކި އެބަހުރި
އެމެރިކާގައި ޑިމޮކްރެޓިކް ޕާޓީއަކީ އެމެރިކާގެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޕާޓީއެކެވެ. އެ ޕާޓީގެ ޕްލެޓްފޯމްގައި ގިނަ މަސްލަހަތުތަކާއި ސިޔާސަތުތައް ހިމެނެއެވެ. ޑިމޮކްރެޓިކް ޕާޓީން އާންމުކޮށް އެލްޖީބީޓީކިޔޫ ހައްގުތަކާއި ހަމަހަމަކަމަށް ތާއީދު ކުރެއެވެ. އެހެނަސް ޕާޓީގެ ސްޓޭންޑެއްގެ ގޮތުގައި އެއްޖިންސުން ގުޅުން ހިންގުން ވަކިން ޕްރޮމޯޓް ކޮށް ހިތްވަރެއް ނުދެއެވެ.
ޑިމޮކްރެޓިކް ޕާޓީއަކީ ތާރީހީ ގޮތުން އެލްޖީބީޓީކިޔޫ ހައްގުތަކަށް ވަކާލާތު ކުރުމުގައި ހަރަކާތްތެރިވާ ޕާޓީއެކެވެ. ކައިވެނީގެ ހަމަހަމަކަމާއި ތަފާތު ނުކުރުމުގެ ރައްކާތެރިކަން ފަދަ ސިޔާސަތުތައް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ޕާޓީއެކެވެ. ޑިމޮކްރެޓުންގެ ގިނަ ބަޔަކު ވަނީ އެލްޖީބީޓީކިޔޫ ފަރުދުންނަށް ހަމަހަމަ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަމާޒުކޮށްގެން އަޅާފައިވާ ފިޔަވަޅުތަކަށް ތާއީދުކޮށްފައެވެ.
ޑިމޮކްރެޓިކް ޕާޓީއަކީ، ކޮންމެ ސިޔާސީ ޕާޓީއެކޭ އެއްފަދައިން ތަފާތު ވިސްނުމާއި ޚިޔާލު ތަފާތު ފަރުދުންގެ މައްޗަށް އެކުލެވިގެންވާ ޕާޓީއެއްކަން ފާހަގަ ކުރުން މުހިންމެވެ. ޕާޓީގެ ޕްލެޓް ފޯމުން އާންމުކޮށް އެލްޖީބީޓީކިޔޫ ހައްގުތަކަށް ތާއީދުކުރާއިރު ވަކިވަކި ޑިމޮކްރެޓުންގެ ވިސްނުން އެއްޖިންސުން ގުޅުން ހިންގުމާ ނުވަތަ އެލްޖީބީޓީކިޔޫ ހައްގުތަކާ ގުޅޭ ވަކި މައްސަލަތަކުގައި ތަފާތު ވެދާނެއެވެ. އެކި ސިޔާސީ ބޭފުޅުންގެ ސިޔާސަތު ތަކާއި މަގާމުތައް ނުވަތަ ޚުދު ޕާޓީގެ ޕްލެޓްފޯމްގެ މައްޗަށް ދިރާސާކޮށް އެކި މައްސަލަތަކުގައި އެ ބޭފުޅުންގެ ވިސްނުން އިތުރަށް ފުރިހަމައަށް ދެނެގަތުމަކީ އަބަދުވެސް ރަނގަޅު ކަމެކެވެ.
ދިވެހިރާއްޖޭގެ ދަ ޑިމޮކްރެޓްސްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އިސްވެ ތިއްބަވައިގެން އުފައްދަވާ ޕާޓީއެކެވެ. އިލެކްޝަންސް ކޮމިޝަނުން ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނީ މެއި 24 ގައެވެ. އެއާ އެކު އެ ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް ޕާޓީއިން ވަނީ ފަށާފައެވެ.
ރާއްޖޭގައި ދަ ޑިމޮކްރެޓްސް އުފައްދަނީ އެމެރިކާގެ ޑިމޮކްރެޓިކް ޕާރޓީގެ ސިޔާސަތުތަކާ އެއްގޮތަށް ކަމަށްވެއެވެ. އެމެރިކާގެ ޑިމޮކްރެޓްސް އަކީ އެލްޖީބީޓީކިޔޫ ހައްގުތަކަށް ވަކާލާތު ކުރުމުގައި ހަރަކާތްތެރިވާ ޕާޓީއެކެވެ. އެހެން ކަމަށް ވާނަމަ ދަ ޑިމޮކްރެޓްސް އަކީ އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ޕާޓީއަކަށް ވެދާނެހެއްޔެވެ.
ދަ ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދުގެ މަސްލަހަތުގައި ނަޝީދުގެ ފިކުރު ދިރުވަން އުފައްދާ ޕާޓީއެއް ކަމާމެދަކު ޝައްކެއް ނެތެވެ. ރައީސް ނަޝީދުގެ ވަށައިގެން ހުރި ކަންކަމަށް ބަލާލުމުން އެލްޖީބީޓީކިޔޫ އަށް ތާއީދު ކުރައްވާކަމަށް ގަބޫލު ކުރެވޭ ހެކިތައް އެބަހުއްޓެވެ.
ރައީސް ނަޝީދާ ދެބެންގެ ދެދަރި އައިޝާ ވެރޯލް ނިއުޒީލޭންޑްގައި އެލްޖީބީޓީ ޕްރޮމޯޓް ކުރައްވައެވެ. އައިޝާ ވެރޯލް އަކީ އަންހެނެކެވެ. ނިއުޒިލެންޑްގެ ވަޒީރެކެވެ. ކައިވެނި ބައްލަވައިގެން އުޅުއްވަނީ ވެސް އެއްޖިންސުންނެވެ. އެލިސް ރެވެލް ކިޔާ އަންހެނަކާއެވެ. އެ މުޑުދާރު އަމަލު ކުރުމުގައި އައިޝާ ވެރޯލް ދެމިހުންނަވާއިރު އާއިލީ އަދި ސިޔާސީ ބަދަހިގުޅުން ރައީސް ނަޝީދާއި އަދި މުޅި އެ އާއިލާ އައިޝާ ވެރޯލްއާއި އެކު ބަރާބަރަށް އޮވެއެވެ.
އަނެއް ކޮޅުން ދާދިފަހުން ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ވަނީ ފާޅުކަން ބޮޑުކޮށް އެއްޖިއްސުން ގުޅުން ހިންގިކަން ސާބިތުވެފައެވެ. ފުޅާ ދާއިރާއެއްގައި މަތީފެންވަރެއްގައި ދާދިފަހުން އެއްޖިންސުން ގުޅުން ހިންގާފައިވާ އެ ހަނޑި މުޑުދާރު އަމަލު ރައީސް ނަޝީދުގެ ޢައިލާގެ ތެރޭގައި އޮތްކަން ސާބިތުވުމުން ދަ ޑިމޮކްރެޓްސްއަކީ އެލްޖީބީޓީއާއި ދެކޮޅު ނުހެދޭނެ ބައެއްކަމަށް ބުނާނެ ޖާގަ އެބައޮތެވެ.