އެޖެންޓް އަފީފާ މަޖިލީހުގެ ތަޅުން

13 މެންބަރުންގެ ނާޗަރަންގީ ހޯލެއް

އެޖެންޓް އަފީފާ މަޖިލީހުގެ ތަޅުން

އަމިއްލަ މަންފާއެއް ހާސިލް ކުރުމަށް އެ ބުނާ 13 މެންބަރަކު ތިބީ އިއްޒަތްތެރިކަމާއެކުއެވެ. 13 މެމްބަރުންނަކީ ވެސް އެ ދާއިރާތަކަށް އެންމެ ހަރާންކޯރު ތޭރަ މެމްބަރުންނެވެ. އިއްޒަތްތެރިކަމާއެކު ގަދަބާރުން ހުރިހާކަމެއް ވެސް ކުރައްވާށެވެ. ގަދަރުވެރިކަމާއެކު ތިމާ ބޭނުން ގޮތަކަށް ކަންކަން ހިންގުމަށެވެ. ރުޅިވެރިކަމާއި، ފަޓުލޫނާއި، ދުފާއެއްޗެހީގެ ވާހަކަވެސް ދެކެވެނީ ގެއްލެން އޮތް އެއްޗެއްގެ ބޮޑުކަމުންނެވެ. ކަންވާނީ ވެސް އެހެންނެވެ. އެއްޗެއް ގެއްލިގެންދާ އިރު އެ އެއްޗެއްގެ އަގުވެސް އެނގެއެވެ. 

ޖަލްސާގައި އާޒިމް އެހާ ވަރަށް އަވަގުރާނަ ގޮވި އިރު، ރިޔާސަތުން އިންނެވީ މެންބަރު މޮސްޓާ ވިދާޅުވިހެން މަކުނު ސައްކެޔޮ ގަހަށް އަރާ އިންނަ ގޮތަށެވެ. މާދުރުގައި ހުންނެވި ބޭފުޅަކު ވިދާޅުވި ގޮތަށް މަޖިލީހުގެ ނިޒާމް ގެއްލުވާލަން ފުރުސަތު ދީގެންނެވެ. އަދި މަންޒަރު ބަލައިގެން އަތްޖައްސަވާށެވެ.

މުޅި ގައުމު ފާލުން ނައްޓުވާލުމަށް ކުރާ މަސަތްކަތަކީ ރައީސް ނަސީދުގެ އެޖެންޓެއްގެ ހައިސިއްޔަތުން އަފީފު އިސްވެ ހުންނަވާ ކުރައްވަމުން ގެންދަވާ މަސަތްކަތެކެވެ. "އިސްލާމްދީނުގެ އަސްލުތަކާ ހިލާފުނުވެ، ދިވެހިރާއްޖޭގައި ބަސްމޮށުމުގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން، މަޖިލީހާއި މަޖިލީހުގެ އެއްވެސް މެންބަރެއްގެ އިއްޒަތާއި ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަށް" މެންބަރަކު މަޖިލީހުގެ ތަޅުމުގައި ދައްކަމުން ގެންދާ ވާހަކައެއް ހުއްޓާލުމަށް ރިޔާސަތަކަށް ނުއެންގޭނެއެވެ. އެކަހެނަސް އެޔާހިލާފަށް ބަސްމަގު ހުރެއްޖެނަމަ ވަގުތުން ހުއްޓުވަން ޖެހެއެވެ. 

ރިވެތި ހަމަޔާ އުސޫލު އޮޅާލާ މަޖިލސް 13 މެންބަރުންގެ ނާޗަރަންގީ ހޯލަކަށް ބަދަލުކުރުމުގައި އެޖެންޓް އަފީފް އިންނަވަނީ ނިންމާލުމުގެ އަމރުގެ ކޯލު އަންނަން ދެނެވެ. ނިޒާމީ ނުކުތާތަކަށް ފުރުސަތު  ދީގެން މަޖިލީސްގެ ކަރާމާތައް އަރައިގަންނަން އަފީފު ފުރުސަތު ދެއްވަމުންނެވެ. 13 މެމްބަރަކު ބޭނުންވާ ގޮތަށެވެ.