ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ އެއްބުރުން: ރައީސް

އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ތަފާތު ފިކުރުތަކުގެ ސަރުކާރެއް އުފެއްދުމުގެ ވިސްނުން ހުރި މީހަކަށް

ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ އެއްބުރުން: ރައީސް

ކުރިއަށްއޮތް ރިޔާސީ އިންތިހާބު ރައީސް ސާލިހު ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމާމެދަކު ޝައްކެއް ނެތެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސަލިހަށް އެކަން ކަށަވަރުވެ ވަޑައިގަންނަވައެވެ. އެމްޑީޕީ ޕްރައިމަރީ ކެމްޕޭންގައި ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށް ވިދާޅުވީ ސަމާސާއަކަށް ނޫނެވެ. ވަރަށް ސާބިތުކަމާއި ޔަގީން ކަމާއެކުގައެވެ. ރައްޔިތުން އެއްބުރުން ހޮވާދީ ހިންގެވުމަށް ހަވާލުކުރާ ސަރުކާރު ދަމަހައްޓައި ދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮވެއެވެ.

އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ތަފާތު ފިކުރުތަކުގެ މީހުންނާއިއެކު ސަރުކާރެއް އުފެއްދުމުގެ ވިސްނުން ހުރި މީހަކަށެވެ. އެ ވިސްނުން ހުރި އެ ފަދަ ތާއީދެއް އޮތް މީހަކީ ރައީސް ސާލިހެވެ.

ރައީސް ވިދާޅުވާ ގޮތުން އެކަން ކުރެވެން އޮތީ ތަފާތު ފިކުރުތައް އެއްކޮށް އުފެއްދޭ ސަރުކާރެއް އުފެއްދުމުގެ ވިސްނުމެއް ހުރި މީހަކަށެވެ. އެފަދަ ތާއީދެއް އޮތް އެމްޑީޕީ މީހަކީ ރައީސް ގަބޫލުފުޅު ކުރައްވާ ގޮތުގައި އެ މަނިކުފާނެވެ.  " އެކަން ކުރެވޭނެ މީހަކަށް މި ޕާޓީގައި ހުރީ އަޅުގަނޑު.” ރައީސް ވިދާޅުވިއެވެ.

ރައީސް ގެންދަވަނީ އެކަން މިހާތަނަށްވެސް ސާބިތު ކޮށްދެއްވަމުންނެވެ. ހަމަ އެހެންމެ ރައްޔިތުން އެކަން ގަބޫލު ކުރެއެވެ. ގިނަ ބަޔަކާއިއެކު ނުކުމެ ވަޑައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ނިންމެވުމަށް ފަހު ރއީސް ސާލިހު އެންމެ ފުރަތަމަ ކުރައްވާނެ މަސައްކަތަކީ ކޯލިޝަނެއް އެކުލަވާ ލެއްވުމެވެ.